ރައީސް ޢަބްދުﷲ ޔާމީން މިހެން ވިދާޅުވީ ރޭ ސަންގު ޓީވީއަށް ދެއްވި އިންޓަވިޔުއެއްގައެވެ. ރައީސް ޔާމީން ރޭގެ އިންޓަވިޔުގައި އިޝާރާތް ކުރެއްވި 1 މިލިއަން ޑޮލަރަކީ، އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ދައުލަތުން ދައުވާ ކުރި މައްސަލައިގައި ހިމެނޭ ފައިސާއެވެ.
ޔާމީން ވިދާޅުވީ އޭސީސީއާއެކު ހެދި އެގްރީމެންޓްގައި ވާގޮތުން، 1 އަހަރު ދުވަހުގެ ތެރޭގައި އޭސީސީއަށް އެއީ ދައުލަތުގެ ފައިސާ ކަމަށް ނުނިންމިއްޖެ ކަމަށްވަންޏާ، އެ ފައިސާ އޮޓަމެޓިކަލީ ޔާމީންގެ އެކައުންޓަށް ޖަމާވާން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެ ފައިސާ އަދިވެސް ބޭންކުން ޖަމާކޮށް ނުދޭ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން އިޝާރާތް ކުރެއްވި 1 މިލިއަން ޑޮލަރާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި އެ ފައިސާއަކީ ޢަބްދު الله ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަން ކަށަވަރެއް ނުވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެ ފައިސާ ޖަމާވެފައިވަނީ އެސް.އޯ.އެފުން ޖަމާވި ފައިސާކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ 1 މިލިޔަން އެމެރިކާ ޑޮލަ ރުގެ ހަގީގަތް ބެ ލުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.