ads
ގޮޓަބަޔާ އާއި އަންހެނުން ލޯމާ ކާރެއްގައި---
ގޮޓަބަޔާ އެނބުރި ސްރީލަންކާއަށް ވަޑައިގެންފި
ލަންކާގެ ރައީސް ކަމުން އިސްތިއުފާ ދެއްވި އެގައުމުގެ ކުރީގެ ރައީސް ގޯޓަބާޔަ ރާޖަޕަކްސަ އެއް މަސް ފަހުން އަނބުރާ ސްރީލަންކާއަށް ވަޑައިގެންފި އެވެ.
Advertisement

އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން އޭނާ ގައުމަށް ވަޑައިގަތީ މިއަދުގެ ވަގުތެއްްގައެވެ.

އުމުރުން 73 އަހަރުގެ ކުރީގެ ލީޑަރު ގޮޓަބަޔާ ލަންކާގެ ވެރިރަށް ކޮލަމްބޯއަށް މިއަދު ހެނދުނުގެ ވަގުތެއްގައި ޖައްސާފައިވަނީ، ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއްގައެވެ. ގޮޓަބަޔާ އަނބުރާ ގައުމަށް ވަޑައިގަތީ ތައިލެންޑުގައި ހުންނެވުމަށްފަހު އެވެ.  

އިގްތިސާދީ ދަތިކަމެއް ކުރިމަތިވެ، ރައްޔިތުން ރުޅިގަަދަވެފައިވަނިކޮށް، ގައުމުން ފިއްލެވި ގޮޓަބަޔާ އިސްތިއުފާ ދެއްވާފަވަނީ ރާއްޖޭގައި އެއް ދުވަހުގެ ޓްރާންސިޓެއް ހެއްދުމަށް ފަހު، މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު އެވެ. 

ލަންކާއަށް ކުރިމަތިވެފަވާ އިގްތިސާދު ކާރިސާގެ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާ ފަރާތަކީ ރާޖަޕަކްސަ އާއިލާކަމަށް ބުނެ، އެގައުމުގެ ރައްޔިތުން ވަނީ ގޮޓަބަޔާ އިސްތިއުފާ ދެއްވުމަށް އެދި ހަފުތާތަކެއް ވަންދެން ޑިމާންޑްކޮށްފަ އެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮލަމްބޯގެ މަގުތަކުގައި މީހުން އުފާފާޅުކޮށް، ހަވާ އެރުވުންވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ގޮޓަބަޔާ ރާއްޖެއިން ފިއްލަވައިގެން ދިޔައީ އިގްތިސާދީ ދަތިކަމާ ގުޅިގެން އެތައް ސަތޭކަ އަދި އެތައް ހާސް ބަޔަކު ރުޅިއައިސްގެން އޭނާގެ ރަސްމީ ގެކޮޅަށާއި ސަރުކާރުގެ އެހެން އިމާރާތްތަކަށް ވަދެގަތް ވަގުތުގަ އެވެ. ފުރަތަމަ ފިއްލަވައިގެން ރާއްޖެ އައުމަށް ފަހު، އޭގެ ފަހުން ސައުދީ އެއާލައިނެއްގަ ސިންގަޕޫރަށް ވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް