ads
މިއަހަރު އޭނާ ރިކޯޑު މުގުރާލީ 2147 ޕައުންޑުގެ ބަރަބޮލަކުން
ްބަރަބޮލަކުން ދެވަނަ ފަހަރަށް ރެކޯޑު މުގުރާލައިފި
އަލަސްކާގެ މީހަކު އޭނާގެ އަމިއްލަ ސްޓޭޓް ރެކޯޑް މުގުރާލީ އަލަސްކާ ސްޓޭޓް ފެއާއަށް 2،147 ޕައުންޑުގެ ބަރަބޮލެއް ގެނެސްގެންނެވެ.

މީގެ ކުރިން 2019 ވަނަ އަހަރުގެ އަލަސްކާ ސްޓޭޓް ފެއާގައި ވެސް އޭނާ ވަނީ 2،051 ޕައުންޑްގެ ބަރަބޮލަކުން އެ ސްޓޭޓްގެ ރެކޯޑް މުގުރާލާފައެވެ. 

ޑޭލް މާޝަލް ނަމަކަށް ކިޔާ މި ފިރިހެންމީހާ މިއަހަރު ވަނީ އޭރު ގާއިމްކުރި އޭނާގެ އަމިއްލަ ރެކޯޑް  2،147 ޕައުންޑުގެ ބަރަބޮލަކުން އަނެއްކާވެސް މުގުރާލާފަ އެވެ. 

މާޝަލް ބުނީ، އެ ބަރަބޯ ފެޅުވީ، “އެހެން ޖަޔަންޓް ޕަމްކިން ގްރޯވަރެއް”(ބޮޑެތި ބަރަބޯ ހައްދާ އެހެން މީހެއް)ގެ އަތުން ހޯދި، ބޮޑު އޮށްތަކެއް ބޭނުންކޮށްގެން ކަމަށެވެ. 

"އަހަރެންނަށް އެ އޮށްތައް ދިން މީހާ ވަރަށް އުފާވާނެ،" މާޝަލް ބުންޏެވެ.

މާޝަލް ބުނީ ހޫނު މޫސުމުގައި އިތުރަށް އަވިގަދަވިނަމަ އޭނާގެ ބަރަބޯ އިތުރަށް ބޮޑުވީސް ކަމަށް ގަބޫލުކުރާ ކަމަށެވެ. 

"އެއަށް ތަންކޮޅެއް އިތުރަށް ދުވާލު އަލި ލިބުނު ނަމަ އެއަށްވުރެ ބޮޑު ވެދާނެ،" އޭނާ ބުންޏެވެ.

މާޝަލްގެ ބަރަބޮލަށް ސްޓޭޓް ރެކޯޑް ލިބުނު ނަމަވެސް މިދިޔަ އަހަރު އިޓަލީގެ ދަނޑުވެރިއެއް ކަމަށްވާ ސްޓެފަނޯ ކުޓްރޫޕީ ހެއްދި 2،702 ޕައުންޑްގެ ބަރަބޮލަކީ މިހާތަނަށް ދުނިޔޭގައި ހެއްދުނު އެންމެ ބޮޑު ބަރަބޮލުގެ ގޮތުގައި ދުނިޔޭގެ ޖީނިއަސް ރެކޯޑުގައި އޮތް ބަރަބޮލެވެ.

88%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް