ads
ޓައިވާނަށް 1 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ވަނީ ނިންމާފައި
އެމެރިކާއިން ޗައިނާ ރުޅި އަރުވާލައިފި، ޓައިވާނަށް 1 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
އެމެރިކާއިން ޓައިވާނަށް 1.1 ބިލިއަން ޑޮލަރު (955 މިލިއަން ޕައުންޑް) ގެ ހަތިޔާރު ވިއްކުމަށް އެއްބަސްވެއްޖެ އެވެ.

އެއްބަސްވުމުގެ ތެރޭގައި އަންނަ ހަމަލާތަކާއި ދެކޮޅަށް މަސައްކަތް ކުރާ އެންޓި ޝިޕް އަދި އެންޓި-އެއާ މިސައިލްތައް ޓްރެކް ކުރުމަށް ރާޑަރު ސިސްޓަމެއް ވެސް ހިމެނެ އެވެ.

މިނިންމުން ނިންމާފައިވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ ޓައިޕޭއަށް ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ.

ވޮޝިންޓަންގައި ހުންނަ ޗައިނާ އެމްބަސީން އެމެރިކާއަށް ގޮވާލާފައިވަނީ އެ އެއްބަސްވުން ބާތިލުކުރުމަށެވެ. އެހެންނޫންނަމަ އެކަމާ ގުޅިގެން އަންނަ ކަންކަމާ ކުރިމަތި ލުމަށް ތައްޔާރަށް ތިބުމަށެވެ.

ޗައިނާގެ ތަރުޖަމާނު ލިއު ޕެންގިއު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު އޮންނަ ގުޅުން "ވަރަށް ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ" ކަމަށެވެ.

ޗައިނާއިން ބުނީ ހާލަތު ގޯސްވަމުން އަންނަ މިންވަރަށް ރިއާޔަތްކޮށް ޗައިނާއިން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށާއި، ކުރަންޖެހޭ އެހެން ކަންކަން ވެސް ކުރާނެ ކަމަށެވެ. 

ޗައިނާއިން ދެކެނީ ޓައިވާނަކީ އެގައުމުގެ ބައެއްގޮތުގައެވެ. އަދި ބާރުގެ ބޭނުން ކޮށްގެންވެސް ޗައިނާގެ ބާރުގެ ދަށަށް އެގައުމު ގެނައުމަށް ޗައިނާއިން ފިޔަވަޅު އަޅާނެ ކަމަށް އެގައުމުން ބުނެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނަކު ވިދާޅުވީ މި އެއްބަސްވުމަކީ ޓައިވާންގެ ސަލާމަތަށްޓަކައި ކޮންމެހެން ވެސް މުހިންމު އެއްބަސްވުމެއް ކަމަށެވެ. އަދި އޭނާ ޗައިނާއަށް ގޮވާލެއްވީ ގޮވާލެއްވީ ޓައިވާނާ ދެކޮޅަށް އެގައުމުގެ އަސްކަރީގޮތުންނާއި ޑިޕްލޮމެޓިކް އަދި އިގުތިސޯދީ ގޮތުން ކުރާ ޕްރެޝަރު ހުއްޓާލައި އޭގެ ބަދަލުގައި މާނަވީ މަޝްވަރާތަކެއް ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް