މިކަމާއި ގުޅިގެން އެމްޓީސީސީއިން ބުނީ، އިއްޔެ މި މަސައްކަތުގެ އަމަލީ މަސައްކަތް ފެށިއިރު މިހާރު ކުރިއަށް ދަނީ، ބެޑް ޕްރިޕަރޭޝަންގެ މަސައްކަތްތައް ކަމަށެވެ.
ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ. އަދި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޓީސީސީއިން ކުރިއަށް ގެންދާ މި މަޝްރޫއަކީ 27.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.