ads
ރިޔާސީ ލޯންޗްކޮޅު
ރިޔާސީ ލޯންޗްކޮޅަށް ކެޕްޓަނެއް ހޯދަނީ
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވުމަށް ހާއްސަ ކުރެވިފައިވާ ރިޔާސީ ލޯންޗްކޮޅު ދުއްވާނެ ކެޕްޓަނުން ހޯދަން އިއުލާންކޮށްފި އެވެ.
Advertisement

ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮންޓްރެކްޓް އުސޫލުން ޕްރެޒިޑެންޝަލް ގާޑްސް އަށް ތިން މީހަކު ލޯންޗް ކެޕްޓަނުންގެ ގޮތުގައި ބޭނުންވާ ކަމަށެވެ. 

މިއީ 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗް ގޮއްވާލައިގެން ދިން ހަމަލާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާ ލޯންޗްގައި ކެޕްޓަނުން ގޮތުގައި އާއްމުންނަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. 

މިވަޒީފާގައި މުސާރައަށް -/6295 ރުފިޔާ އަދި އޭގެ އިތުރުން ސާވިލް އެލަވަންސްގެ ގޮތުގައި -/2000 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން މި ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ފަހުން ކެޕްޓަނުންގެ ގޮތުގައި ވެސް އަދި ފަޅުވެރިންގެ ގޮތުގައި ވެސް އާންމުން ނުތިބޭ ގޮތައް 2015 ވަނަ އަހަރު ޑިފެންސް މިނިސްޓީން ވަނީ ހަމަޖައްސައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް