ވައްކަން ކުރުމަށްފަހު، ބޮލުގައި ކޮތަޅެއް އަޅައިގެން ފުލުހުންނަށް ފިލަންވަނީ އަލަމާރިއަށް
މުހައްމަދު އާދަމް އަހްމަދު
27 ނޮވެންބަރ 2024 - 23:21:57
މާލޭގެ ގެއަކުން ވައްކަން ކުރުމަށްފަހު ބޮލުގައި ކޮތަޅެއް އަަޅައިގެން ފުލުހުން ފިލަން އަލަމާރިއަކަށް ވަދެ ހުރި މީހަކު އަތުލައިގެންފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި މީނާ މާލޭގެ ގެއަކަށް ވަދެ އެގޭތެެރޭގައި ހަރަކާތްތެރިވާ މަންޒަރު އެގޭގެ ސިީސީ ޓީވީން ފެންނަކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ. އަދި އެގެއިން މީނާ އަގު ބޮޑު ދެ ފޯނު ވަގަށް ނަގާފައިވާ ކަަމަށްވެސް ދަށު ކޯޓު އަމުުރުގައިވެއެވެ.
މީނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އަދި މީނާ ހައްޔަރުކުރީ މީނާ ހައްޔަރުކުރަން ފުލުހުން ދިޔުމުން ބޮލަށް ކަޅު ކޮތަޅެެއް ލައްވައިގެން އަލަމާރިއެއްގައި ފިލަން އުލެނިކޮށްކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
ކޯޓުން ވަނީ މީނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް