ads
މިނީ ބަސް މިއަދު މަޖީދީމަގުގައި
މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށައިފި
އާންމު ދަތުރުފަތުރުގެ ނިޒާމު ލުއި ފަސޭހަ ކުރުމަށް ސަރުކާރުންމާލޭގައި މިނީ ބަހުގެ ހިދުމަތް ރޭ ފަތިހު ފަށައިފި އެވެ.

ބަސް ދަތުރުތައް ފެށީ ދަރުމަވަންތަ ހޮސްޕިޓަލުގެ ކައިރިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45 އިން ދަންވަރު 12:15 އަށް ބަސް ދަތުރުތައް އޮންނާނެ އެވެ.

ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން، އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގަމުންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ދަށުން ފެށި މި ހިދުމަތް ހޯދަން ފުރަތަމަ ދެ ހަފުތާގައި އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ އެވެ. އެއަށްފަހު، ދަތުރަކަށް ނަގަން ނިންމާފައި ވަނީ 7ރ. އެވެ. އަގު ކަނޑައަޅާފައި އޮންނަމަވެސް ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ އެވެ. 

މާލޭގައި ރޭ ފަތިހު މިނީ ބަހުގެ ހިދުމަތް ފެށިއިރު، މި ހިދުމަތަށްޓަކައި މަޖީދީމަގުގެ ޕާކިން ޒޯންތައްވަނީ އެއްކޮށް ހުސްކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް