ads
ވިލިމާލެ ފަރަށް އެރި ޕްލެޓުފޯމް ނަގަނީ
އެފްކޮންސް އިން ވިލިމާލޭ ފަރަށް އެޅުނު ތަކެތި ނަގައި ސާފުކޮށްފި
މާލެ ތިލަފުށި ބުރިޖު މަސައްކަތުގައި ބޭނުން ކުރަމުން އަންނަ "ސެލްފް އެލެވޭޓިން ޕްލެޓްފޯމް" އެއް ވިލިމާލޭ ފަރަށް އަރައި ހިނގި ހާދިސާގައި އެ ސަރަހައްދަށް އެޅިފައި ހުރި ތަކެތި ނަގައި ސާފުކޮށް ނިމިފައިވާކަމަށް ބުރިޖުގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް ކުންފުނިން ބުނެފި އެވެ.
Advertisement

"ސެލްފް އެލެވޭޓިން ޕްލެޓްފޯމް" ވިލިމާލޭ ފަރަށް އެރީ މީގެ ދެ ހަފްތާ ވަރު ކުރިންނެވެ. އެ ޕްލެޓްފޯމް ފަރަށް އެރީ، އެންކަރަށް ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ކަމަށް އެ ކުންފުންޏާއި ހަވާލާދީ ޕްލޭނިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. 

އެފްކޮންސް ކުންފުނިން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޕްލެޓްފޯމް ފަރަށް އެރި ސަރަހައްދު މިހާރު ސާފުކޮށް ނިމިފައި ވާކަމަށާއި، އެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ، އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދިޔަ އިރު، މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން އުނދަގޫތަކަކާއި ކުރިމަތިވި ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ބަޔާނުގައި އިތުރަށް ބުނީ، އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް އެކުންފުނިން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށާއި، މަސައްކަތް ކުރަމުން ދިޔައީ، ކުންފުނީގެ އެންމެ ރަނގަޅު އާލާތްތައް ބޭނުން ކޮށްގެން ކަމަށެވެ. އަދި ދެން އޮތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ އާއި ގުޅިގެން އެ ފަރަށް ލިބިފައިވާ ގެއްލުމުގެ ދިރާސާ ހެދުން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. 

ތިލަމާލެ ބްރިޖު މަސައްކަތައް ވިލިމާލެ އިރުމަތީފަރާތު ފަރާއި ދިމާލުގައި ގާއިމުކޮށްފައިވާ އެ ބްރިޖު ޕްލެޓުފޯމް ހައްޔަރުން ނެއްޓި ވިލިމާލެ އިރުމަތީ ފަރަށް އުރިފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ޕްލެޓުފޯމު އެތަނުން ނެގިފައިވަނީ އޭގެ 12 ދުވަސްވީފަހުންނެވެ.

ވިލިމާލޭގެ އިރުމަތީ ފަރަށް އަރާފައި އޮތް ތިލަމާލެ ބްރިޖް ޕްލެޓްފޯމް ރާޅާއިއެކު ވިލިމާލޭގެ ފުއްޓަރުފަރާތު ފަރުގައި ޖެހޭ އަޑާއި، އެ ޕްލެޓުފޯމު ފަރުގައި ޖެހުމުން އަރާ ލޮޅުން ރަަށަށް ވެސް އިހުސާސްކުރެވެމުންދާ ކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ދިޔައީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް