
އާތިފް މިއަދު ހެނދުނު އޮފީހަށް ވަޑައިގެންނެވި އިރު، އެ ބޭފުޅާއަށް މަރުހަބާ ދެންނެވުމަށް ކުންފުނީގެ ގިނަ މުވައްޒަފުން ތަކެއް ވަނީ އޮފީސް ކައިރިއަށް އެއްވެފަ އެވެ.
މީގެ އިތުރުން އާތިފް އަށް މަރުހަބާ ދެންނެވުމުގެ ގޮތުން، ވަނީ ހާއްސަ ކޭކެއްވެސް ފަޅާފަ އެވެ. އެއަށްފަހު އާތިފް ވަނީ އުއްމީދީ ވާހަކަތަކެއް މުވައްޒަފުންނާއި ދައްކާފަ އެވެ.
އާތިފްގެ ވާހަކައިގައި ވިދާޅުވީ، އަމާޒަކީ މިހާރު ހެދިފައިވާ ޕްލޭން ތަކާއި ގެނެވިފައިވާ ބަދަލުތަކުގައި އެކުގައި މަސައްކަތް ކުރަމުން އަންނަ ޓީމާއި އެކު މަސައްކަތް އިތުރަށް ހަލުވިކޮށް ރައްޔިތުންނާއި، ސަރުކާރުން ބޭނުންވާ ހަލުވި މިނުގައި މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
އާތިފް ހުންނެވީ މީގެ ކުރިން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އާތިފް އަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ދެއްވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި، ސުހައިލް އަހުމަދު މަގާމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެނެވެ.