ads
ތޫފާން "ހިއްނަމޯރު"
މި އަހަރުގެ މިހާތަނަށް އެންމެ ވަރުގަދަ ތޫފާން ދެކުނު ކޮރެއާއަށް އަރަނީ!
މި އަހަރުގެ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ ތޫފާނު މާދަމާގެ ހެނދުނުގެ ވަގުތެއްގައި ދެކުނު ކޮރެއާ އަށް އަރާނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

"ހިއްނަމޯރު" ނަމަކަށް ކިޔާ މި ތޫފާނަކީ ރީނދޫ ކަނޑާއި އުތުރު ޗައިނާ ކަނޑު ގުޅިފައިވާ ހިސާބުގައި ޕެސިފިކް ކަނޑުގެ ހުޅަނގު އުތުރު ސަރަހައްދެއްގައި އުފެދުނު ތޫފާނެއް ކަމަށް ތޫފާން ތަކާއި ބެހޭ މައުލޫމާތު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

އަދި މި ތޫފާނަކީ، ކެޓެގަރީ ފަހެއްގެ ތޫފާނެއް ކަމަށާއި، މި ތޫފާނުގައި ގަޑިއަކު 136.7 މޭލަށް ވައި ޖެހޭނެ ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ބައެއް ވަގުތު ތަކުގައި ގަޑިއަކި 162.7 މޭލަށް ތޫފާނުގެ ސަބަބުން ވައި ގަދަވެގެން ދާނެ ކަމަށްވެސް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން މި ތޫފާނުގެ އަސަރު އެގައުމުގެ 248.5 މޭލުގެ ބޮޑު ސަރަހައްދަކަށް ކުރާނެ ކަމަށާއި، އެ ސަރަހައްދު ތަކަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް އެގައުމުގެ އިދާރާތަކުން ވަނީ ބުނެފަ އެވެ. 

އަދި މިހާރު މި ތޫފާނުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތާއި، ސިނާއީ މަސައްކަތް ކުރާ ތަންތަން ބަންދު ކުރުމަށް ނިންމާފައި ވާކަމަށް އެގައުމުން ވަނީ ބުނެފަ އެވެ. 

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް