ads
މިނީ ބަސް
ބަސް ރޫޓަށް އުނދަގޫވާ ގޮތަށް ޕާކު ކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
ބަސް ރޫޓަށް އުނދަގޫ ވާގޮތަށް ޕާކު ކުރުން މަނާ ކޮށްފައިވާ ތަންތަނުގައި ވެހިކަލް ޕާކު ކުރާނަމަ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

މާލޭގައި އިއްޔެ ފެށި މިނީ ބަހުގެ ހިދުމަތާއި، އެކެ ބައެއް މަގުތަކުގެ ޓްރެފިކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި ބައެއް މަގު ތަކުގައި ޕާކު ކުރުން ސަރުކާރުން ވަނީ މަނާ ކޮށްފަ އެވެ. 

އެހެން ނަމަވެސް ބަސް ހުއްޓި ތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް މަޑުކޮށްފައި ހުރުމުން މަގުތައް އިއްޔެ ކޮންމެސް ވަރަކަށް ވަނީ ބާރުބޮޑު ވެފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިނީ ބަހުގެ ހިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، ބަސް ރޫޓަށް އުނދަގޫވާގޮތަށް، ޕާކު ކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖެހުމުގެ އިތުރުން، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށެވެ.

މިނީ ބަހުގެ ހިދުމަތް ފަށާފައި ވާއިރު ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ. އަދި އޭގެ ފަހުން މިނީ ބަހުން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނެގި ނަމަވެސް ސްކޫލް ކުދިންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން، މުސްކުޅިންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައި ވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް