ads
ބެންގަލޫރަށް ކުރަމުންދާ ވިއްސާރަ
ބެންގަލޫރުގައި ތިބި ދިވެހިންގެ ހާލަތު މިދަނީ ގާތުން ބަލަމުން: ފޮރިން
އިންޑިއާގެ ސިޓީއެއް ކަމަށްވާ ބެންގަލޫރަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެތަނުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ދިއްލީގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބެންގަލޫރުގައި ތިބި ދިވެހި އާއިލާތަކަށް ވަކިވަކިން ގުޅައި ހާލަތު މޮނިޓަކުރަމުން އަންނަ ކަމަށް މިރޭ ބުންޏެވެ. .

އަދި އެކަމާއި ގުޅޭ މައުލޫމާތުތައް ލިބޭވަރަކުން ހިއްސާކުރަމުންދާނެ ކަމަށް ވެސް ބުންޏެވެ. 

ދެހާސް ސާދަވަނަ އަހަރުގެ ފަހުން، ފަހުގެ ތާރީހެެެެއްގައި އެ ސިޓީއަށް އެންމެ ގަދައަށް ކުރާ ވިއްސާރައަށް މި ވިއްސާރަވާނެ ކަމަށް އެގަމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ ސިޓީއަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކުރަމުން އަންނަ ވިއްސާރާގައި ބޮޑުބައެއްގައި ފެންބޮޑުވެ، ގެއްލުންތަކެއް ދަނީ ވަމުންނެވެ.

އެގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފައިވާގޮތުން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އެ ސިޓީއަށް ގަދައަށް ވިއްސާރަކުރާނެ އެވެ.

ކަރްނާޓަކާގެ ޗީފް މިނިސްޓަރު ބަސަވަރާޖް ބޮމްމާއީ ހޯމަ ދުވަހު ވިދާޅުވީ އެ ސިޓީގެ ފެންބޮޑުވުމުގެ ހާލަތު ހަމަޔަކަށް އެޅުވުމަށް 300 ކްރޯޑް ރުފިޔާ ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

27%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް