ads
ލ. ގަން ރީޖަނަލް ހޮސްޕިޓަލް
ގަން ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި
ލ. ގަން ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމާއި، ގދ. ގައްދޫގައި ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވުމަކަށް އާދެވިފައި ވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ސްޕެއިންގެ އެޗް.އޯ.އެމް.ޓީ އެސްޕާނާ ކުންފުންޏާ ހެލްތު މިނިސްޓްރީ އާއި ދެމެދު ލ. ގަން ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމާއި، ގދ. ގައްދޫގައި ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވުމަކަށް އާދެވިފައި ވާކަމަށެވެ. 

އަދި މި މަޝްރޫއު ތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާ ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 25 ވަރަކަށް ރަށުގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ބަޔަކާއި ހަވާލު ކުރެވޭނެ ކަމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ގަން ޓާޝަރީ ހޮސްޕޮޓަލަކަށް ތަރައްގީކޮށް ނިމޭ އިރު، އެ ހޮސްޕިޓަލުގައި 100 އެނދު ހުންނާނެ އެވެ. އަދި ގައްދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ، 30 އެނދުގެ ހޮސްޕިޓަލެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް