ads
މަޖީދީ މަގު: ފޮޓޯ---އަދަދު
މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކަށް މަގުމަތިން ދިމާ ކޮށް، ފުރައްސާރަ ކޮށްފި
މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކަށް މަގުމަތިން މީހަކު ދިމާކޮށް ފުރައްސާރަ ކޮށްފައި ވާކަމަށް އެ އަންހެން މީހާ ބުނެފި އެވެ.

ފުރައްސާރަ ކުރިމަތިވި އަންހެން މީހާ ރޭގެ ވަގުތެއްގައި ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މަޖީދީމަގުން ރޭގެ ވަގުތެއްގައި އޭނާ ހިނގައިފައި ދަނިކޮށް މަގުމަތިން ދިޔަ ފިރިހެނަކު އޭނާ އަށް ފުރައްސާރަ ކޮށްފައި ވާކަމަށެވެ. އަދި އެ ފިރިހެން މީހާ އޭނާ ކައިރި އަށް އައިސް، "ނިންޖާ" އޭ ކިޔާ ހަޅޭއްލެވި ކަމަށްވެސް އަންހެން މީހާ ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެ އަންހެން މީހާ ބުނީ، އެ ފިރިހެން މީހާ އޭނާގެ ބުރުގާ އަށް ދަމާ ހެދި ކަމަށާއި، މިއީ ވަރަށް ބިރުވެރި ކަމެއް ކަމަށެވެ. 

އޭނާގެ ޓުވީޓަށް ކޮމެންޓު ކުރި ގިނަ ފަރާތްތަކުން ވަނީ، އެކަން ކުރި ފިރިހެން މީހާ ހައްޔަރު ކުރުމަށް ގޮވާލާފަ އެވެ. އަދި މިހާރު ރާއްޖޭގެ މުޖްތަމައުގައި އަންހެނުންނަށް އެއްވެސް ރައްކާތެރި ކަމެއް ނެތް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އެހެން ފަރާތަކުން ބުނީ، މޫނު ބުރުގާ އަޅައިގެން، އެއްކޮށް ފޮރުވިގެން ތިބޭ އިރުވެސް ފުރައްސާރަ ކުރަމުންދާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށާއި، މިކަންކަން ކަމާއި ބެހޭ އިދާރާތަކުން ބަލަން ޖެހޭ ކަމަށެވެ. 

މޫނު ބުރުގާ އަޅައިގެން ދިޔަ އަންހެން މީހާ އަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅިކަމެއް އަދި ސާފުވެފައި ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް