ads
މިނިސްޓަރު އަސްލަމް: ފޮޓޯ---ރާއްޖެ އެމްވީ
މި ސަރުކާރުން ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދޭ: މިނިސްޓަރު އަސްލަމް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބާރު ސްޕީޑްގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަމުން އަންނަ ކަމަށް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރު އަސްލަމް މިހެން ވިދާޅުވެފައި މިވަނީ، ރ. އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުލު ދައްކަވަމުންނެވެ. 

މިނިސްޓަރު އަސްލަމްގެ ވާހަކަފުޅުގައި ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ހަލުވި ބާރުމިނެއްގައި ކުރިއަށް ދަނީ، ވާދަވެރި ސިޔާސީ ހަރަކާތްތައް އިތުރުވުމުން ކަމަށެވެ. 

އަދި ރާއްޖެ ތަރައްހީ ކުރުމަށް ކުރަންޖެހޭ ކަންކަން އަދިވެސް ވަރަށް ގިނަ ކަމަށާއި، ތަރައްގީގެ ކަންކަން ކުރިއަށް ގެންދަންޖެހޭ ހަލުވި މިނުގައި ކުރިއަށް ގެންދިއުމަށް ތަފާތު އެކި ހުރަސްތަކާއި ކުރިމަތި ވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ހަލުވި ބާރު މިނެއްގައި ތަރައްގީގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ފެނަކައާއި، އުނގޫފާރުގެ ކަރަންޓުގެ ނިޒާމު ހަވާލު ކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ، ފެނަކައާއި މި ކަންކަން ހަވާލު ކުރުމުން ރައްޔިތުން ބޭނުންވާ ފެންވަރުގެ ހިދުމަތެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިހާރަށް ވުރެއްވެސް ފެންވަރު ރަނގަޅުކޮށް ހިދުމަތް ލިބިގެންދާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. 

އަސްލަމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތަރައްގީގެ މަޝްރޫއުއެއް ކުރިއަށް ނުދާ ރަށެއް ނެތް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް