ads
ރަންބީރާއި އާލިއާ ފަށްޅިއަކަށް ވަންނަން އުޅުމުން ހުރަސް އަޅާ މުޒާހަރާކޮށްފި
ރަންބީރާއާއި އާލިއާއެކުގައި ފެނިގެންދާ ފެންޓަސީ ފިލްމު، "ބްރަހްމަސްޓްރާ" ރިލީޒް ކުރަން ވަނީ ތައްޔާރުވެފައެވެ. އެ ފިލްމް ޕްރޮމޯޓުކުރުމަށްޓަކައި މިވަގުތު އެދެމީހުން ދަނީ އިންޑިއާގެ އެކި ސިޓީތަކަށް ގޮސް އިވެންޓުތައް ބާއްވަމުން ނެވެ.

މީގެތެރެއިން މިދިޔަ އަންގާރަ ދުވަހު އާލިއާ އާއި ރަންބީރު އަދިބްރަހަމަސްޓްރާގެ ޑައިރެކްޓަރު އަޔާން މުކަރްޖީ ފިލްމުގެ ޕްރޮމޯޝަނަށް ފަށްޅިއަކަށް ޒިޔާރަތްކުރުމުން ފައްޅީގެ ބޭރުގައި އެ ދީނުގެ ބަޔަކު ވަނީ ވަރުގަދަ މުޒާހަރާއެއް ކޮށްފައެވެ. 

މުޒާހަރާގެ ބައިވެރިވަނީ އާލިއާއާއި ރަންބީރަށް އެފައްޅީގައި އަޅުކަން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށާއި އެތަން ދޫކޮށް ދިއުމަށް ގޮވާލާ އަޑުއުފުލާފައެވެ. އެ ފައްޅިއަށް ވަންނަން ހުއްދަދިނީ ހަމައެކަނި ފިލުމުގެ ޑައިރެކްޓަރު އަޔާން އަށް އެކަންޏެވެ. 

މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުންވެސް ހަރަކާތްތެރިވިއިރު، ފުލުހުންގެ ސަބަބުން މުޒާހަރާ އިތުރަށް ހޫނުވިއެވެ. އަދި އާލިއާ އާއި ރަންބީރު އެތަނުން އެންމެ ފަހުން ވަނީ ގޮސްފައެވެ. 

އެމީހުން އާލިއާ އާއި ރަންބީރަށް ހުރަސް އެޅީ، 2011 ވަނަ އަހަރު "ބީފް" އާއި ބެހޭގޮތުން އޭނާ ދިން އިންޓަވިއުއަކާއި ގުޅިގެން ކަމަށް ބުނެވެ. އެ އިންޓަވިއުގައި ރަންބީރު ބުނެފައިވަނީ އޭނާ "ބީފް ކެއުމަށް ލޯބިކުރާ" ކަމަށެވެ. 

މުޒާހަރާކުރި ބަޖްރަންގް ދާލްގެ މެމްބަރުން ވަނީ ފައްޅީގައި ކަޅު ދިދަތަކާއި ޕްލެކާޑްތައް ހިފައިގެން، ފިލްމާ ދެކޮޅަށް ވެސް މުޒާހަރާ ކޮށްފައެވެ. 

ބޮލީވުޑް ފިލުމުތައް ބައިކޯޓު ކުރުމުގެ ޓްރެންޑެއް މިހާރު އެގައުމުގައި ދަނީ ކުރިއަށެވެ. ބްރަހަމަސްޓްރާ އަކީ ބައިކޯޓު ކުރަން ގޮވާލަމުންދާ ފިލުމުތަކުގެ ތެރެއިން އެއް ފިލުމެވެ. އެފިލުމު ބޮއިކޮޓް ކުރުމަށް ގޮވާލާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް މެދުނުކެނޑި އަންނަމުންދާ ފާޑުކިއުންތަކާއިއެކުވެސް ބްރަހަމަސްޓްރާއިން މިހާރު ވަނީ އެއް ލައްކައަށް ވުރެ ގިނަ ޓިކެޓް ވިކިފަ އެވެ.

73%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް