ads
މާލެއަށް ގުޅަން ނުޖެހި ކުޅުދުއްފުށި އަދި އައްޑޫ ހޮސްޕިޓަލުން އާސަންދަ ލިބޭގޮތް ހަދައިފި
މާލެއަށް ގުޅަން ނުޖެހި އާސަންދަ ހިދުމަތް ލިބޭގޮތް ހަމަޖައްސައިދިނުމަށް ކުޅުދުއްފުށި އަދި އައްޑޫ ހޮސްޕިޓަލުގައި އާސަންދަ ޑެސްކެއް ބަހައްޓައިފި އެވެ.

އެކަން ހާމަކުރައްވާ މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ، މާލެއަށް ގުޅައިގެން އާސަންދަ ހަމަޖައްސަން ދަތިތައް ދިމާވާތީ، ރަށުގައި ތިބެގެން އާސަންދަ ހިދުމަތް ފަސޭހަކަމާއިއެކު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ވަރަށް ގިނަ ފަހަރު ރަށްރަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާއިރު، ރައްޔިތުންގެ ފަރާތުންވެސް އަދި ހޮސްޕިޓަލުތަކުގެ ފަރާތުންވެސް އެދިވަޑައިގަންނަވާ ކަމަށެވެ. 

"އެކަމަށް ހައްލެއް ހޯދަވައިދެއްވާނެ ކަމަށް ސަރުކާރުން ވާނީ ވައުދުވެފައި. އެހެންކަމުން މިއަދު އަޅުގަނޑުމެނަށް ކުޅުދުއްފުށީ ހޮސްޕިޓަލާއި، އައްޑޫ ހޮސްޕިޓަލުގައި އާސަންދަ ޑެސްކެއް ގާއިމުކުރެވި އެތަނުން އާސަންދަ ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި،" މިއުވާން ވިދާޅުވި އެވެ.

މިވަގުތު އާސަންދަ ހިދުމަތުގެ ޑެސްކު އެ ދެ ހޮސްޕިޓަލުގައި ގާއިމުކުރެވުނު ނަމަވެސް ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގައި އެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. 

އެމަޖެންސީ ހާލަތެއްގައި އާސަންދަ ހަމަޖައްސަން ޖެހި މާލެއަށް ގުޅައިގެން އެކަން ހަމަޖައްސާއިރު ގިނަ ވަގުތުތަކެއް ނަގާތީ އެކަމުގެ ކަންބޮޑުވުންތައް ރަށްތަކުގެ ހޮސްޕިޓަލުންނާއި، ރައްޔިތުން، އަބުދުވެސް ފާހަގަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް