ads
ޕާކިސްތާންއަށް ކުރި ވިއްސާރައިގެ ތެރެއިން
ޕާކިސްތާންގައި ތިބި ދިވެހިންގެ ހާލަތު މިދަނީ ގާތުން ބަލަމުން: ފޮރިން
ޕާކިސްތާން އަށް މިފަހުން ކުރި ގަދަވިއްސާރައާއި ގުޅިގެން އެތަނުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިގޮތަށް ބުނެފައިމިވަނީ، މިފަހުން އިންޑިއާގެ ސިޓީއެއް ކަމަށްވާ ބެންގަލޫރަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެތަނުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނިއިރު ޕާކިސްތާންގައި ތިބި ދިވެހީންގެ ހާލަތު ބަޔާންކޮށްދީފައި ނުވާތީ އެކަމާއި ގުޅިގެން ނޫސްވެރިން ސުވާލުތައް ކުރުމުންނެވެ.

އޭގެ ދެދުވަސް ފަހުން މިއަދު މީޑިއާތަކަށް މިނިސްޓްރީން ފޮނުވި މެސެޖުގައި ބުނީ ޕާކިސްތާންގައި ތިބި އާއިލާތަކަށް ހައިކޮމިޝަނުން ވަކިވަކިން ގުޅައި ހާލަތު ބަލާފައިވާ ކަމަށެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އާއިލާތަކުން މައުލޫމާތު ދޭކަމަށް ބުންޏެވެ.

"ހައިކޮމިޝަނުން ދަނީ ޕާކިސްތާނުގައި ތިބި ދިވެހި އާއިލާތަކުގެ ހާލަތު ގާތުން ބަލައި އެ ސަރަހައްދުގެ ހާލަތު މޮނިޓަ ކުރަމުން" މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވެއެވެ.

your imageޕާކިސްތާނަށް ކުރި ވިއްސާރާގައި ގިނަ ބައެއްގެ ގެދޮރުވަނީ ގެއްލިފައި

މޫސުން ގޯސްވެ، ކުރި މި ވިއްސާރައަކީ 220 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ޕާކިސްތާނަށް މިހާތަނަށް ކުރި އެންމެގަދަ ވިއްސާރައިގެ ގޮތުގައި އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި ވިއްސާރާގައި ވެހުނު ގަދަވާރެއާއެކު ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބިފަ އެވެ.  

މި ވިއްސާރާގައި މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޕާކިސްތާންގެ 160 ޑިސްޓްރިކްޓްގެ ތެރެއިން 81 ޑިސްޓްރިކްޓުގައި ފެންބޮޑުވެ މަދުވެގެން 33 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ލަފާކުރެވޭކަމަށް އެގައުމުން  ބުނެއެވެ. 

your image

އެތައް ބަޔަކު ގެދޮރު ގެއްލިފައިވާއިރު، މިހާރު އޮތް ބިރުވެރިކަމަކީ ބައެއް ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑުތައް ބަންޑުން ވެދާނެ ކަމުގެ ބިރުވެރިކަމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް