ads
ފިންލެންޑް ސްކޫލް
ސްކޫލަށް ނުރައްކަލެއްނެތް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނަން: ފިންލެންޑް
ދަރިވަރުންގެ ރައްކާތެރިކަމަކީ އެންމެ އިސްކަންދޭނެ ކަންތައްކަމަށާއި، ސްކޫލަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ފިންލެންޑް ސްކޫލް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަނުން ދީފި އެވެ.
Advertisement

އެ ސްކޫލުން މި ޔަގީންކަން ދީފައިވަނީ، މިއަދުގެ ވަގުތެއްގައި އެ ސްކޫލަށް މީހަކު ވަންނަން އުޅުނު ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން ނެވެ.

އެކަން ދޮގުކޮށް އެ ސްކޫލުގެ ފަރާތުން އައިލެންޑާސް އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެފަދަ ކަމެއް ހިނގާފައި ނުވާކަމަށެވެ. 

ސްކޫލުން ނެރުނު ބަޔާނުގައި ބުނީ، 11:30 އާއި 12:00 ދެމެދު ސްކޫލުގެ ބޭރުގައި (ޖެހިގެން ހުރި އިމާރާތުގެ) ފެންސެއްގެ މަތީގައި އިށީނދެގެން އިން މީހަކު އަޑުގަދަކުރަމުންދިޔަ ކަމަށާއި، ބެލެވެނީ ބޯހަމަނުޖެހޭ މީހެއް ކަމަަށް ކަމަށެވެ.

”އެމީހާ ހުރީ ވަރަށް ހިތްހަމަނުޖެހިފައި. މަގުމައްޗަށްވެސް އަޑުއިވޭގޮތަށް ސްކޫލާއި ދިމާއަށް ވާގޮތަށް އަޑުގަދަކޮށް ހަޅޭލަވަމުން ދިޔައީ. އެވަގުތު ކްލާހަށް ދިޔަ ދަރިވަރުންތަކަކަށް އެތަން ފެނިގެން ޓީޗަރުންނާއި ސްކޫލަށް ރިޕޯޓްކޮށްފައި ވަނީ. ސްކޫލުން ބުންޏެވެ.

އެ ސްކޫލުން ބުނީ، ސްކޫލް ގޭޓްތައް ހުރިހާ ވަގުތަކުވެސް ހުންނާނީ ބަންދުކޮށްފައި ކަމަށާއި، އެމީހާ ގޭޓާ ކައިރިވެފައި ނުވާ ކަމަށެވެ. ނަމަވެސް ސްކޫލުގެ ސެކިއުރިޓީ ގާޑުން ހާލަތު މޮނިޓަކޮށް ބަލަމުންދިޔަ ކަމަށް އެ ސްކޫލުން ބުންޏެވެ. 

އެ މައްސަލަ ރިޕޯޓުކުރީ ސްކޫލުންކަމަށާއި، އެވަގުތު ފުލުހުން އައިސް އެމީހާ އެތަނުން ނަގައިގެން ގެންގޮސް މައްސަލަ ހައްލުކުރިކަމަށް ބުނެފައިވެއެވެ.

އެއަށްފަހު ސްކޫލް ކުރިއަށް ދިޔައީ ނޯމަލް ކޮށް. އަޅުގަނޑުމެންގެ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އަޅުގަނޑުމެންގެ އެންމެ އިސްކަމެއްދޭ ކަމެއް. އެއްވެސް ހާލަތެއްގައި ދަރިވަރުންގެ ރައްކާތެރިކަން ކޮމްޕްރޮމައިޒް ވިޔަކަ ނުދޭނަން. ސްކޫލުން ބުންޏެވެ.

ސީއެންއެމް އަށް މައުލޫމާތު ދިން ބެލެނިވެރިޔަކު، ބުނީ މީހަކު ސްކޫލަށް ވަންނަން އުޅުނީ ވަޅި އެއް ހިފައިގެން ކަމަށެވެ. ނަމަވެސް އޭނާ އަތުގައި ވަޅިއެއްް ނެތްކަން ފުލުހުންގެ އޮފިސަރަކު ވަނީ ސީއެންއެމް އަށް ކަށަވަރުކޮށްދީފަ އެވެ.

އޭޝިޔާ ސަރަހައްދުގައި ފިންލޭންޑުގެ ސްކޫލު ހިންގާ ހަމައެކަނި ކުންފުނި، އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ މި ސްކޫލުގައި ކިޔަވައިދޭން ފަށާފައިވަނީ، 2019 ވަނަ އަހަރުގެ ތެރޭގައެވެ.

މި ސްކޫލުގައި 300 އަަށްވުރެ ގިނަ ކުދިން ތައުލީމް ހާސިލުކުރަމުން ދެެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް