ޑރ. ޝަހީމް މިހެން ވިދާޅުވީ ކްއީން އަވަހަރާވުމާއި ގުޅިގެން އެކަމުގައ ހިތާމައިގައި ބައިވެރިވެވަޑައިގެން އެކުވެރި އިނގިރޭސި ރައްޔިތުންނަށާއި ރާއްޖޭގައި ތިއްބަވާ އިނގިރޭސި ޑިޕްލޮމޭޓުންނަށާއި އޮފިޝަލުންނަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
އިނގިރޭސި ވިލާތުގެ އެންމެ ގިނަ ދުވަހު ތަހުތުގައި ރެދެލި ކުރެއްވި އަދި އިތުރު 14 އިސްތިއުމާރީ ގައުމެއްގެ ރާނީކަން ކުރެއްވި ރާނީ އެލިޒަބަތު 2، އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު ސްކޮޓްލެންޑްގެ އެބަޑީންޝިއާ ހުންނަ ބެލްމޯރަލް ކާސަލްގައެވެ.
އެކަމަނާ އަވަހާރަވުމާއި ގުޅިގެން މުޅި ދުނިޔޭގައި ހިތާމަ ފާޅުކުރަމުން އަންނައިރު، ރާއްޖޭގައިވެސް ރަސްމީ ހިތާމައިގެ 3 ދުވަސް އިއުލާންކޮށް ދިވެހި ދިދަވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.