ads
ޓީއެމްއޭއާއެކު ހިންގި މުއާމަލާތްތަކުގެ މައުލޫމާތު އެމްއޭސީއެލްގެ ބޯޑަށް ހިއްސާކުރިން
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއެކު މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގި ހުރިހާ މުއާމަލާތެއްގެ މައުލޫމާތު އެމްއޭސީއެލްގެ ބޯޑަށް އެނގޭނެ ކަމަށް އެތަނުގެ ޖެނެރަލް މެނޭޖަ ކޮމާޝަލް ހުސައިން ފަޒީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަަތު ކޮމިޓީގައި ވިދާޅުވެއްޖެ އެވެ.
Advertisement

ފަޒީލް މިގޮތަށް ވިދާޅުވިއިރު މީގެ ދެތިން ދުވަސް ކުރިން ވަނީ މާލިއްޔަތު ކޮމިޓީއަށް އެމްއޭސީއެލްގެ ބޯޑު މެމްބަރުން ހާޒިރުކޮށްފަ އެވެ. އެގޮތުން ބޯޑުގެ އެއް މެމްބަރު، ޑރ. އިބްރާހިމް މަހްފޫޒު ވިދާޅުވި ގޮތުގައި އެމްއޭސީއެލުން އިމާރާތްކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ދޭނެ މިންވަރާއި މުއްދަތާ މެދު ވެސް ބޯޑުގައި އެއްވެސް މަޝްވަރާއެއް ނުކުރެވެ އެވެ.

ޓީއެމްއޭއަށް ފޮނުވި ސިޓީތަކާއި ގުޅިގެން މެމްބަރުން ސުވާލުކުރުމުން މަހްފޫޒު ވިދާޅުވެފައި ވަނީ ސިޓީތަކުގައި ސޮއި ކުރައްވާފައި ވަނީ ފަޒީލް ކަމަށާއި ނަމަވެސް އެކަމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ބޯޑުގައި ކުރިއަށް ގޮސްފައިނުވާ ކަމަށެވެ.

މިގޮތަށް ކޮމިޓީގައި މެމްބަރުން ވިދާޅުވެފައި ވަނިކޮށް ފަޒީލް ވިދާޅުވީ ސީޕްލޭން ޓާމިނަލް ދެވިދާނެ ތިން ގޮތެއްގެ މައްޗަށް އެކުލަވާލައި ކަރުދާހެއް އޭނާ ބޯޑަށް ހުށަހެޅުއްވި ކަމަށެވެ. އެގޮތުން ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގައި އަމަލުކުރެވިދާނެ ފަސް ގޮތެއް ވެސް އޭނާ ހިމަނުއްވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓީއެމްއޭއަށް ފޮނުވި ސިޓީތަކާއި ގުޅިގެން ސުވާލުކުރުމުން ފަޒީލް ވިދާޅުވީ އެ ސިޓީތައް ފޮނުއްވީ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

ފަޒީލް ވަނީ އޭނާ ކުރެއްވި މުއާމަލާތްތަކުގެ ލިޔެކިޔުންތައް ވެސް މާލިއްޔަތު ކޮމިޓީއަށް ހިއްސާ ކުރައްވާފަ އެވެ.

އޭގެ އިތުރުން ފަޒީލް ވިދާޅުވެފައި ވަނީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭނެ ރޭޓުތައް ކަނޑައެޅިދާނެ ގޮތްތަކާ ގުޅިގެން އޭނާ ޕްރެޒެންޓޭޝަނެއް ވެސް 2017 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ދީފައިވާނެ ކަމަށެވެ.

އެގޮތުން ފުރަޔަމަ ސިނާރިއޯ ވާނީ ވަރަށް ބޮޑެތި ރޭޓްތަކެއްގައިކަން ފާހަގަކުރައްވަމުން ފަޒީލް ވިދާޅުވީ ލައުންޖުގެ 11000 އަކަމީޓަރަށް ޗާޖްކުރާނީ އަކަމީޓަރަކަށް 39 ޑޮލަރު ކަމަށެވެ. އަދި ފަސް ވަނަ ސިނާރިއޯއަށް އޮންނާނީ ވަރަށް ދަށް އަދަދެއްކަން ފާހަގަކުރައްވާ ފަޒީލް ވިދާޅުވެފައި ވަނީ އެގޮތުން ކަނޑައަޅާފައި ވަނީ އަކަމީޓަރަކަށް 11 ޑޮލަރު ޖެހޭ ގޮތަށް ކަމަށެވެ.

މާލިއްޔަތު ކޮމިޓީގައި ފަޒީލް އިތުރަށް ވިދާޅުވީ ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށް ދޭން ބޯޑުގެ މަޝްވަރާގެ މަތިން ހުށަހަޅާފައި ވަނީ 19000 އަކަމީޓަރު ކަމަށެވެ. އެއީ އަކަމީޓަކަށް 10.35 ޑޮލަރު ޖެހޭ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް