ads
ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިޔާތުތެރެއިން
"ކަމެއްދަމެއް ބޮޑުވެގެން އުޅެނިކޮށް، ނުފެންނަކަމަށް ހަދާފައި ދާ މީހަކީ ސިފައިންނެއް ނޫން"
އާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވެގެން އުޅޭ ވަގުތެއްގައި، ނުފެންނަކަމަށް ހަދާފައި ދާ މީހަކަށް ސިފައިންގެ މީހާ ނުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ، ސިފައިންގެ މީހަކަށް ވިޔަސް، އާންމު ރައްޔިތުންނަށްޓަކައި ސިފައިން އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ވެސް ހުންނަކަމަށެެވެ.

"އެކަން ތިޔަ ޒުވާނުން ވެސް ވަރަށް ރަނގަޅަށް ހަނދާނުގައި ބަހައްޓަންވާނެ. ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ، ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ޙިމާޔަތް ކުރުން. ޢާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވެގެން އުޅޭ ވަގުތެއްގައި، ނުފެންނަކަމަށް ހަދާފައި ދާ މީހަކަށް ސިފައިންގެ މީހަކު ވެގެން ނުވާނެ،" ތަމްރީން ފުރިހަމަކުރި ސިފައިނަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

your imageސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިޔާތުތެރެއިން

އެއްވެސް އޮޅުމެއް ނެތް ގޮތުގައި، ސިފައިންނަކީ ގައުމީ މަސްލަހަތު ރައްކާތެރިކުރުމުގެ އެންމެ މަތީ ޒިންމާ އަދާކުރަން ތިބި މީހުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސިފައިންނަކީ ގައުމުގެ ދިފާއީ އައްޑަނަ ކަމުގައި ވެގެން ދަނީ، ސިފައިންގެ މެދުގައި އޮންނަ ބަދަހި ގުޅުމާއި އެކުވެރިކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން، ސިފައިންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ޕްރޮފެޝަނަލް ގުޅުމަށް ހީނަރުކަމެއް އަތުވެދާނެ ފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށް، އަޒުމް ކަނޑައެޅުމަށްވެސް ރައީސް ސޯލިހު އެދިވަޑައިގަތެވެ. 

ފަހުރުވެރި ގައުމިއްޔަތުން ފެންނަ އެންމެ މަތިވެރި ސިފަޔަކީ، އަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭރު ހަތިޔާރާއި ސިފައިންގެ ޢަދަދު ގިނައީކީ ނޫން. އަދި ހަތިޔާރުތައް މޮޅުވެފައި، މާމޮޅު ތަމްރީނުތަކެއް ލިބިފައި ތިބީކީ ވެސް ނޫން. ނަމަވެސް، ބޮޑުތަކުރުފާނާއެކު ޖިހާދުކުރެއްވި މަދު މީސްކޮޅުގެ ކިބައިގައި ގައުމު ދިފާއުކުރުމުގެ ނުގުޑާ ފަދަ އަޒުމަކާއި، ޤަގައުމަށްޓަކައި ޝަހީދުވުމުގެ ކެރުމާއި ހިތްވަރު ހުރި. ދޮންބަންޑާރައިންނާ އެކު ޖިހާދުކުރެއްވި މަދު މީސްކޮޅުގެ ކިބައިގައި ދުޝްމަނުންނާ ކުރިމަތިލުމުގެ ހިތްވަރާއި ފަންވަރާއި ކުޅަދާނަކަން ހުރި،" ރައީސް ވިދާޅުވި އެވެ.

your imageސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިޔާތުތެރެއިން

ނަމަވެސް ޒުވާން ލޭގައިވާ ގައުމީ ޖޯޝާއި ހޫނަށް، ދިވެހި އުންމަތް މިއަދު އޮތީ ނުހަނު ބޮޑަށް ބޭނުންވެފައި ކަމަށް ރައީސް ވިދާޅުވި އެވެ. ސިފައިން ފުރިހަމަކުރާ ތަމްރީނު ކޯހުގައި، ގައުމިއްޔަތެއްގެ މުހިންމުކަމާއި، ގައުމިއްޔަތުގެ ދިފާއުގަ ޒުވާނުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަން އުނގެނި ދަސްކޮށްފައިވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސިފައިންގެ ހިދުމަތާ ގުޅޭ ކޮންމެ މީހަކު ގުޅެނީ، އެމީހެއްގެ ހިތުގައި އަސްކަރީ ހިދުމަތަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

އެހެންކަމުން ގައުމަށް ދިމާވާ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިންގެ ގައުމު ހިމާޔަތްކޮށް ދިފާއުކުރުމަށް އެފަދަ ސިފައިންގެ ހިތްތަކުގައިވާ އަޒުމު ވަރުގަދަކޮށް، ކޮންމެ ފަދަ ހާލަތެއް މެދުވެރިވިޔަސް، ކެތްތެރިކަމާއި ހިތްވަރާއެކު އެކަމެއް ކާމިޔާބުކުރުމަށްޓަކައި ކުރިއަށް ފިޔަވަޅު އެޅުމުގައި، ފަހަތަށް ނުޖެހި ސާބިތުވެ ތިބެން ޖެހޭނެ ކަމަށެވެ. ރައީސް ވިދާޅުވީ، ގައުމީ ކޮންމެ ކަމެއްގައި ވެސް ދަމަހައްޓަންޖެހެނީ އެ އުސޫލާއި އެ ސުލޫކު ކަމަށެވެ. 

ދިވެހި ޒުވާން ލޭގައިވާ ޤައުމީ ޖޯޝާއި ހޫނަށް، ދިވެހި އުންމަތް މިއަދު އޮތީ ނުހަނު ބޮޑަށް ބޭނުންވެފައި. ތިޔަ ސިފައިން ފުރިހަމަކުރި ތަމްރީނު ކޯހުގައި، ޤައުމިއްޔަތެއްގެ މުހިންމުކަމާއި، ޤައުމިއްޔަތުގެ ދިފާޢުގަ ޒުވާނުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަން އުނގެނި ދަސްކޮށްފައިވާނެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް