ads
އަމީނިއްޔާގެ ސްކޫލު ކެޕްޓަން ކަމަށް ފުރަތަމަ ފަހަރަށް ހޮވުނު ފިރިހެން ދަރިވަރު ޖޫދު (ވ)ގައި
އަމީނިއްޔާ ސްކޫލުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފިރިހެން ކެޕްޓަނެއް!
ރާއްޖޭގައި ތިންވަނަ އަށް އެންމެ ދުވަސްވީ ސްކޫލު ކަމަށްވާ އަމީނިއްޔާ ސްކޫލުގެ ކެޕްޓަނަކަށް ފުރަތަމަ ފަހަރަށް ފިރިހެން ދަރިވަރަކު ހޮވައިފި އެވެ.
Advertisement

ޕްރިންސިޕަލް ނާޒްލީން ވާފިރް (ނާޒް) ސީއެންއެމްއަށް މިއަދު ވިދާޅުވީ ސްކޫލުގެ ކެޕްޓަނަކަށް މިއަހަރު ހޮވާފައިވަނީ ގްރޭޑް 10 ގައި ކިޔަވަމުން ގެންދާ މުހައްމަދު ޖޫދު ޖާވިޒް ކަމަށެވެ. 

އަމީިނިއްޔާ ސްކޫލްގެ ކެޕްޓަން ހޮވުމުގައި ގިނަ ކަންތައްތަކަކަށް އަބަދުވެސް ބަލަމުންދާ ފާހަގަކުރައްވަމުން ނާޒް ވިދާޅުވީ މިއަހަރު ވެސް ސްކޫލު ކެޕްޓަން ހޮވާފައިވަނީ އެ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން ކިޔެވުމުގައި ވަކި މިންވަރަކަށް ވާސިލުވެފައިވުމާއި ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ މައްޗަށް ސްކޫލު ކެޕްޓަން ހޮވުމުގައި ބަލެ އެވެ. 

މީގެއިތުރުން ފެންނަ ނުފެންނަ ވޯޓެއް ވެސް ނަގާއިރު މިފަހަރު، ކެޕްޓަންގެ މަގާމަށް ޖޫދު ހޮވާފައިވަނީ މި މަގާމަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން އެންމެ މަތިން ސްކޯ ހޯދައިގެންނެވެ. ޖޫދު ހިމެނޭހެން ޖުމްލަ ފަސް ދަރިވަރަކު ސްކޫލު ކެޕްޓަން ކަމަށް ކުރިމަތިލި އެވެ. އެއީ ތިން ފިރިހެން ދަރިވަރުންނާއި ދެ އަންހެން ދަރިވަރުންނެވެ. 

ސްކޫލުގެ އެކި މަގާމުތަކަށް ހޮވުނު ދަރިވަރުން--

ކެޕްޓަންގެ މަގާމު ކާމިޔާބުކޮށް ޖޫދު މިވަނީ އަމީނިއްޔާ ސްކޫލުގެ ތާރީހުގައި ވަރުގަދަ ނަމަކަށް ވެފަ އެވެ. ކިޔެވުމުގެ އިތުރުން ޖޫދަކީ ކުޅިވަރަށް ވެސް މޮޅު ދަރިވަރެކެވެ. ސްކޫލު ބޭންޑުގައި ވެސް ހަރަކާތްތެރިވާ ޖޫދަކީ އެ ސްކޫލުގެ 16 އަހަރުން ދަށުގެ ބާސްކެޓް ބޯޅަ ޓީމުގެ ކެޕްޓަން ވެސް މެއެވެ. 

ކެޕްޓަނަކަށް ޖޫދު ހޮވުނުއިރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނަކަށް ވެސް ހޮވިފައި ވަނީ ފިރިހެން ދަރިވަރެކެވެ. އެއީ އަހުމަދު މިޖްވަލް ނަވާޒެވެ. އަދި ގޭމްސް ކެޕްޓަނަކަށް ހޮވިފައި ވަނީ ޝަހުރު އަހުމަދެވެ. މިއީ ސްކޫލުގެ ގިނަ މަގާމުތަކެއް ފިރިހެން ދަރިވަރުން ލީޑުކުރާ ފުރަތަމަ ފަހަރެވެ.

މީގެ 75 އަހަރު ކުރިން ހުޅުވި އަމީނިއްޔާ ސްކޫލަކީ ރާއްޖޭގެ ތާރީހާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ސްކޫލެކެވެ. އެގޮތުން މިއީ ހަމައެކަނި އަންހެން ކުދިންނަށް ހާއްސަކޮށް ތައުލީމް ފޯރުކޮށްދޭން ހުޅުވި ސްކޫލެކެވެ. ނަމަވެސް މީގެ ނުވަ އަހަރު ކުރިން، 2011 ވަނަ އަހަރު ވަނީ އެތަނުން ދެ ޖިންސުގެ ކުދިންނަށް ކިޔަވައިދިނުމަށް ހުޅުވާލާފަ އެވެ. މިހާރު އެތަނުގައި ދަނީ އަންހެން ކުދިންނާއި ފިރިހެން ކުދިން ވެސް ތައުލީމް ހާސިލު ކުރަމުންނެވެ. 

74%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
26%
ވަރަށް ސަލާމް
ކޮމެންޓްސް