ads
ވިއަވަތި ކުޅިވަރު ހަފްލާގެ ތެރެއިން
ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ކުޅިވަރު ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކުޅިވަރު ފެސްޓިވަލްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ބައިވެރިވެވަޑައިގެންފިއެވެ. މި ކުޅިވަރު ފެސްޓިވަލް އޮތީ މިއަދު ހަވީރު، ލ. ގަން، ޒޯން ސްޓޭޑިއަމްގައާއި، އެރަށުގެ ގޮނޑުދޮށް ސަރަޙައްދުގައެވެ.

މި ކުޅިވަރު ފެސްޓިވަލް ފަށްޓަވައި ދެއްވައި، މި ފެސްޓިވަލްގައި ކުރިޔަށް ދިޔަ ކުޅިވަރު ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ކުޅިވަރު ހަރަކާތްތަކުގައި، ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އެލްޖީއޭގެ މެމްބަރުންނާއި، އައި.އާރް.އައިގެ އޮފިޝަލުންނާއި، ޔޫއއެންޑީޕީގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރުގެ ކަމާއިގގުޅޭ ދާއިރާތަކުގެ ފަންނީ މާހިރުންނާއި، ކައުންސިލްތަކުގެ މެމްބބަރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި  ކުރިޔަށް ގެންދިޔަ ކުޅޅިވަރު ހަރަކާތްތަކުގެ ތެރޭގައި، ބީޗް ވޮލީއާއި، ދުވުން ފަދަ ކުޅިވަރުތައް ހިމެނެއެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ. ގަމުގައި ބޭއްވޭއިރު، މި ކޮންފަރެންސްގައި ބައިވެރިވަނީ، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް  ގެންދާ މި ކޮންފަރެންސްގެ، ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ފުރުސަތު ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް