ads
ވިއަވަތި ކޮންފަރެންސްގެ ތެރެއިން
ވިއަވަތި ރާއްޖެ ކޮންފަރެންސް ރަސްމީކޮށް މިއަދު ފަށަނީ
ރައީސުލް ޖުމްހޫރިއްޔާވެސް ހިމެނިވަޑައިގަންނަވާ ގޮތަށް 300 އެއްހާ ބައިވެރިންނާއެކު ވިއަވަތި ރާއްޖެ ކޮންފަރެންސް ސިލްސިލާގެ އާ ބުރެއް މިއަދު ލ. އަތޮޅުގައި މިއަދު ފެށޭނެއެވެ. ވިއަވަތި ރަސްމީކޮށް ހުޅުވާނީ މިއަދު 9 ޖަހާއިރުއެވެ.

ވިއަވަތި ކޮންފަރެންސް މިއަދު ރަސްމީކޮށް ފެށުނު ނަމަވެސް މި ކޮންފަރެންސާއެކު ކުރިއަށްދާ ކުޅިވަރު ފެސްޓިވަލް އިއްޔެ މެންދުރު ފަހުވަނީ ފެށިފައެވެ. މި ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ކެބިނެޓު މެންބަރުން އަދި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ދެކުނުގެ ކައުންސިލްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ފަހަރުގެ ކޮންފަރެންސްގައި ބައިވެރިވާނީ ދެކުނުގެ 7 އަތޮޅުންނެވެ. އެއީ ދ، ރ، ލ، ގއ، ގދގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ އެވެ.

މިއަދު އޮންނަ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އޮންނަ ފުރަތަމަ ސެޝަންގައި އޮންނާނީ "މިންތީގެ ހަމަހަމަކަން" މި މައުލޫއެވެ. މެންދުރު ފަހު "އަމާން މުޖުތަމައު" އަދި ހަވީރު އޮންނާނީ "ބިނާވެރި ޕްލޭން އެކުލަވާލުން" މި މައުލޫއެވެ. އަދި މެންދުރު ފަހުގެ ސެޝަންގައި "ދެމެހެއްޓެނިވި ސަލާމަތީ ވެއްޓަކަށް ދިފާއީ ވިސްނުން" އަދި "އެމްޕަވަރިން ލީޑަސް އޮފް ދަ ކޮމިއުނިޓީ" މި މައުލޫތައްވެސް އޮންނާނެއެވެ. މިރޭ އޮންނާނީ ކޮންފަރެންސްގެ ބައިވެރިންނަށް ރައީސް ދެއްވާ ފަރިއްކޮޅެވެ.

ވިއަވަތި ކޮންފަރެންސް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މެއި މަހު އއ. އުކުޅަހުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް