އިހަވަންދޫ ގޮނޑުދޮށުގައި ރެދަންލާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. ގިނަ ބަޔަކު ދަނީ އެމަންޒަރުތަައް ބެލުމަށް އެސަރަހަށްދައް ޖަމާވެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އިހަވަންދޫ ގޮނޑުދޮށުގައި ވަރަށް ގަަދައަށް ރެދަންލައި ކޮންމެ ރެއަކުވެސް އިރުއޮއްސުމާއިއެކު މިފަހުން ގޮނޑުދޮށް ދިއްލާލައެވެ. މިމަންޒަރު ބަލަން އެކި އުމުރުފުރާގެ މީހުން އެއްވާއިރު، ބައެއް މީހުން ރެދަންގައި އަތްލާ އެކި އެކަރުތަކާއި ކުރެހުންތައް އަޅަައި އުޅެވެ.
ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކުގައި ރެދަންލުމަކީ އާކަމެއް ނޫނެވެ. ކޮންމެ އަހަރެއްގެވެސް އަހަރުގެ ފަހުކޮޅު ބައެއް ރަށްރަށު ގޮނޑުދޮށްތަކުގައި ރެދަން ލާކަން ފާހަގަކުރެވެއެވެ.
މިފަދަ މަންޒަރު އާއްމުކޮށް އެންމެ ރީތިކޮށް ފެންނަ އެއް ރަށަކީ ރ. ވާދޫ އެވެ. ރެދަނުން ވާދޫގެ ގޮނޑުދޮށް ދިއްލިފައިވާ ފޮޓޯތަކެއް އާންމުވެ ދުނިޔޭގެ ކަޅި އެ ގޮނޑުދޮށަށް ހުއްޓިގެންދިޔައިރު ފަތުރުވެރިންވެސް އެ މަންޒަރު ބަލާލަން ގޮސްފައި އެބަ ހުއްޓެވެ.