އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި މި ހުކުމަކީ، 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެސްޓީއޯއާ ސްޓާރާޑާއާ ދެމެދު ހެދުނު އެއްބަސްވުމުގެ ދަށުން އެސްޓީއޯ އައިފާނު ބިލްޑިންގެ ގީއޭ ބްލޮކުގެ ކުލި ނުދައްކައިގެން އެސްޓީއޯއިން ދައުވާ ކުރި މައްސަލައެވެ. މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ގާފިޒާ އަބްދުއްސައްތާރު އާދިއްތަ ދުވަހު ކުރެއްވި ހުކުމުގައި ބުނެފައިވަނީ އެސްޓީއޯއަށް ދައްކަން ޖެހޭ 1.7 މިލިއަން ރުފިޔާ 3 މަސް ދުވަހުގެ ތެރޭގައި ދައްކަން އަންގައެވެ.
ސްޓްރާޑާ ކުންފުނިން ބްރިޖް ސަރަހައްދުގައި ހިންގި، ނިއުޕޯޓް ރެސްޓޯރަންގެ މައްސަލަވެސް ނިމުނީ ކޯޓު މަރުހަލާއިންނެވެ. އެހެންނަމަވެސް އެ އިމާރާތުގެ ކަންތައް އަދިވެސް ކޮޅެއްގައި ނުޖެހެއެވެ.