
ލަންކާ ޓީމު އޭޝިއަން ކަޕް ޓްރޮފީއާއެކު
ޕާކިސްތާނު ބަލިކޮށް އޭޝިއަން ކަޕް ލަންކާއަށް
ސްޕޯޓްސް ޓީމް
12 ސެޕްޓެމްބަރ 2022 - 10:09:42
ޕާކިސްތާން ބަލިކޮށް، ސްރީ ލަންކާ އިން ކްރިކެޓް އޭޝިއާ ކަޕް ކާމިޔާބުކޮށްފި އެވެ. މިއީ ސްރީލަންކާއިން މި މުބާރާތް ކާމިޔާބު ކުރރި 6 ވަނަ ފަހަރެވެ.
ދުބާއީގައި ކުޅުނު ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ އުކާށެވެ. ލަންކާ ކުޅެން އަރައި 20 އޯވަރުން 6 ކުޅުންތެރިން ނުބައި ވެގެން 170 ލަނޑު ހަދައިފަ އެވެ. ޕާކިސްތާނުން ޖަވާބުގައި ކުޅެން އަރައި 20 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 147 ލަނޑެވެ.
އޭޝިއަން ކަޕް ލަންކާ މި ހޯދީ 8 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ލަންކާ ވަނީ މީގެ ކުރިން 1986، 1997، 2004، 2008 އަދި 2014 ގައި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް