ads
ވިއަވަތި ކޮންފަރެންސްގެ ތެރެއިން
ވިއަވަތި ކޮންފަރެންސް: ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން
ލ. އަތޮޅުގައި މިހާރު ހިނގަމުންދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަންގައި މިއަދުގެ އެޖެންޑާގައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމުވެ.

މި ސެޝަންގެ ރިޔާސަތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިންނެވިއިރު އަރިހުގައި ފިނޭންސް މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވައެވެ. ވިއަވަތި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކުގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކާ މެދު ބަހުސް ކުރެވި ނިންމުންތަކެއް ނިންމޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރަށްވެސް ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާމެދު ބަހުސް ކުރެވި، ނިންމުންތަކަށް ވާސިލްވެވޭނެ ކަމުގައި އަޅުގަނޑު ދެކެން. ކައުންސިލްތަކުގެ ހިންގުމާއި، ރަށުގެ ތަރައްގީއާއި، އިޖުތިމާޢއީ ހުރިހާ ކަމެއްގައި އަންހެނުންގެ ބައިވެރިވުމާއި ޝާމިލްވުން އަދިވެސް ވާންޖެހެނީ ބޮޑު. މައްސަލައެއް ހައްލުކުރުމަށް ނުވަތަ ކާމިޔާބެއް ހޯދުމަށް ކަމުގައިވިޔަސް، ވީ އެންމެ ފުޅާ ދާއިރާއެއްގައި އަންހެނުންގެ ދައުރު އޮންނަންޖެހޭނެ. ޑަބްލިޔޫ.ޑ.ސީ.އާއި ކައުންސިލް އަދި ސަރުކާރު އެކުގައި ތިބެ ކުރާ މަސައްކަތުގެ ނަތީޖާ މާ ފޮނިވާނެ.

3 ވަނަ ވިއަވަތި ކޮންފަރެންސްގެ ފަހު ސެޝަންތައް މިއަދު ކުރިއަށްދާއިރު، މި ފަހަރުގެ ކޮންފަރެންސްގެ އެޖެންޑާގައި ހިމެނޭ މައިގަނޑު ހަތަރު ދާއިރާއަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން، ބިނާވެށި ޕްލޭން އެކުލަވާލުން، މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖްތަމައުއެއް ބިނާކުރުމެވެ. ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިން 107 ބޭފުޅުންނާއިއެކު، ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ވިއަވަތި ކޮންފަރެންސްގެ އަރިއަތޮޅުގައި އޮތް ބައްދަލުވުމުގައިވެސް މި މައުލޫއަށް ވަނީ މަޝްވަރާ ކުރެވިފައެވެ. އޭރު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ގެންނަވާފައިވާ ބަދަލުތަކާއި އަދި އެ ބަދަލުތަކާއެކުވެސް އަދިވެސް ރަނގަޅުކުރަންހުރި ކަންކަން ހުރިކަން ފާހަގަކުރައްވައި އެކަންކަމުގެ ބައެއް ތަފްސީލު ދެއްވާފައެވެ. އެގޮތުން ކައުންސިލްތަކަށް ސަރުކާރުން ބްލޮކް ގްރާންޓްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކައުންސިލުތަކަށް އިތުރު އާމްދަނީ ހޯދޭނެ ކަންކަން ފަހިކޮށްދެއްވާފައި ވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް