ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނަން: ރައީސް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް ބޮޑު ކޮށްދެއްވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި ކުރިއަށް ދިޔަ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުން އަންނަ އެލަވަންސް ބޮޑުކޮށްދިނުމަކީ، އަބަދުވެސް އެމަނިކުފާނަށް އެފަދަ ފަރާތްތަކުން ހުށަހަޅާ ކަމެއް ކަމަށާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. 

އެގޮތުން މިހާރު އެފަދަ ފަރާތްތައް ދެނަގަތުމަށް ހާއްސަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެފަރާތްތަކަށް ދެމުން އަންނަ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

"މިހާރު ދަފްރަތެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެ ގެންދަނީ، އިރާދަކުރެއްވިއްޔާ އެ ނިމުމާއެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، މި ނިޒާމުވެސް ފުރިހަމަ ކުރުމަށް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ބޭނުންވާނެ ކަމަށާއި، ކައުންސިލްތަކުން މުޖްތަމައުގެ އިޖްތިމާއީ ރައްކާތެރިކަން ގާއިމް ކޮށްދިނުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. 

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް، ލ. ގަމުގައި ބޭއްވުނު އިރު، މިކޮންފަރެންސްގައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން، 107 ބައިވެރިންނާއި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކާއި ފަންނީ ދާއިރާތަކުގެ ބޭފުޅުންނާއި އެކު ޖުމުލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް