ads
ރައީސް އަރިހުގައި ޕޮލިސް ކޮމިޝަނަރު އަދި ހޯމް މިނިސްޓަރު
ގޭންގްތައް އޮޕަރޭޓް ކުރާގޮތް ބަދަލުވެއްޖެ
މާލޭގައި ހަރަކާތްތެރިވާ ގޭންގްތައް އޮޕަރޭޓް ކުރާ ގޮތް ބަދަލުވެއްޖެ ކަމަށާއި ފުލުހުން ވެސް ދެން ޖެހޭނީ އެ ބަދަލާ ދެކޮޅަށް މަސައްކަތް ކުރަންކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ ލ. އަތޮޅުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައެވެ.
Advertisement

ލ. އަތޮޅުގައި މިއަދު ނިމުމު ވިއަވަތި ކޮންފަރެންސްއަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކާ ދެކޮޅަށް ސިފައިންނާއި ފުލުހުން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ މަގުތަކުން ފެންނަ ކަމަށެވެ. ރައީސް ވިދާޅުވީ މާލޭގެ މަގުތަކުގައި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައްސަލަ އެބަހުރި ކަމަށެވެ. ނަމަވެސް، ފާއިތުވި 4-5 އަހަރާ އަޅާބަލާއިރު މަގުތަކުގެ ސަލާމަތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އާއްމުންގެ ގިނަ ކަންބޮޑުވުމެއް އޮތް މި މައްސަލަ ހައްލުކުރުމުގެ ފުރަތަމަ މަރުހަލާގައި، އެ ގޭންގުތައް އެއްވެ އުޅޭ މަގުތައް ސިފައިންނާއި ފުލުހުން ބެލެހެއްޓީ ކަމަށެވެ.

ކޯނާތަކުގައި ސިފައިންނާއި ފުލުހުން ތިބެގެން އެ ހަރަކާތްތައް ހުއްޓުމަކަށް ގެނައީ ފުރަތަމަ ކަމަށް. އެކަން ކޮންމެ ވެސް ވަރަކަށް ކުރެވިއްޖެ. ގޭންގު ޓާސްކް ފޯހުގެ މިދިޔަ ހަފުތާގެ ބައްދަލުވުމުގައި ފުލުހުން ދިން ޕްރެޒެންޓޭޝަންގައި ބުނީ މިހާރު އެ މީހުންގެ ސްޓްރެޓަޖީ ބަދަލުކުރޭ. މިހާރު އެ ތަނުގައި، ކުރިން ތިބޭ ތަންތަނުގައި ނުތިބޭ. އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ހުށަހެޅުނު ކަރުދާހުގައި ވެސް އޮތް މިގޮތަށް މަސައްކަތް ފެށީމަ އެ މީހުންގެ ހަރަކާތް ބަދަލުކުރާނެއޭ،

ގޭންގުތައް މިހާރު އޮޕަރޭޓް ކުރާ ގޮތް ބަދަލުވެފައިވާ ކަމަށް ރައީސް ވިދާޅުވިއިރު މިދިޔަ ހަފްތާ ބަންދުގައި ގޭންގަކުންވަނީ ފުލުހުންނަށް ހަމަލާދީފައެވެ. މި ހަމަލާތަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. ރައީސް ވިދާޅުވީ އެފަދަ ހަމަލާއެއް ކުރިމަތިވިއަސް މިހާރު އެކަންކަން މަދު ކަމަށެވެ. އަދި ކަމާގުޅޭ އިދާރާތަކުގެ އޮޕަރޭޝަން އޮތީ އެ ފަދަ ހަމަލާއަކާ ގުޅިގެން ހުއްޓާލާ ގޮތަކަށް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

27%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
64%
ވަރަށް ސަލާމް
ކޮމެންޓްސް