ads
ރާއްޖޭގެ ރަށެއްގެ ފޮޓޯއެއް--
އިޖުތިމާއީ ބަދަހި މަދަދުވެރިންގެ އުސޫލު މިއީ ކޯޗެއް؟
މިނިސްޓްރީ އޮފް ޖެންޑަ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ފަރާތުން މިދިޔަ ހަފްތާގައިވަނީ އިޖުތިމާއީ ބަދަހި މަދަދުވެރިން ނުވަތަ އިބަމަގެ އުސޫލު އާއްމުކޮށްފައެވެ. މިއީ އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަށަވަރުކޮށްދިނުމާބެހޭ އުސޫލެވެ.
Advertisement

އިބަމަ މިއީ ކޮން ބައެއް؟

އިޖުތިމާއީ ބަދަހި މަދަދުވެރިން ނުވަތަ އިބަމައަކީ އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންނާ އެހީތެރިކަން ފޯރުކޮށްދީ އަދި އެ ފަރާތްތަކަކީ އިޖުތިމާއީ ރައްކާތެރިކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ދުޅަހެޔޮ މުޖުތަމައައެއް ބިނާ ކުރުމަށް ވަށައިޖެހޭ ގޮތެއްގައި މަސައްކަތް ކުރާ ޓީމުތަކަކެވެ. މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި އަދި ސިޓީތަކުގައި މި ޓީމު އެކުލަވާލެވޭނީ މިހާރު އާއްމުކޮށްފައިވާ އުސޫލުގެ ތެރެއިންނެވެ.

މިއީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "ޕްރިވެންޓިވް" އަދި "ރެސްޕޮންސިވް" ފިޔަވަޅު އެޅުމުގެ އަވަސް ނިޒާމެއް ގާއިމް ކުރުމުގެ މަގްސަދުގައި އެކުލަވާލެވިފައިވާ އުސޫލެކެވެ. އަދި މި އުސޫލުގެ މަގްސަދުތަކުގެ ތެރޭގައި ހާއްސަ ގޮތެއްގައި އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި މީހުން ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ވީ އެންމެ އަވަހަކަށް އެންމެ ގާތުން ފޯރުކޮށްދިނުން ހިމެނެއެވެ.

ކޮންމެ ރަށެއްގައި ނުވަތަ ސިޓީއެއްގައި "އިބަމަ" އެކުލަވާލުމުގެ އިދާރީ އެންމެހައި ކަންކަން ކުރާނީ މިނިސްޓްރީގެ ލަފަޔާއެކު ސިޓީ ނުވަތަ ރަށު ކައުންސިލުންނެވެ. މިގޮތުން، "އިބަމަ" އެކުލަވާލާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ އާބާދީއަށާއި މީހުން ދިރިއުޅޭ ސަރަހައްދަށް ބަލައި އެ ނިސްބަތުން އެ ރަށެއް ނުވަތަ ސިޓީއަކަށް އެންމެ އެކަށޭނެ ގޮތަށެވެ. މިހާރު އާއްމުކޮށްފައިވާ އުސޫލުގެ ދަށުން ގިނަ ވެގެން 3 މަސް ދުވަހުގެ ތެރޭގައި ކޮންމެ ރަށެއްގައި ނުވަތަ ކޮންމެ ސިޓީއެއްގައި "އިބަމަ" އެކުލަވާލަން ޖެހެއެވެ.

މިއަހަރުގެ ކުރީކޮޅު "އިބަމަ" ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު، އިބަމަގެ އަމާޒަކީ ކަމެއް ކުރިމަތި ވުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުން ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީވަނީ ވިދާޅުވެފައެވެ. އިބަމަ އުސޫލު އާއްމު ކުރިއިރު ގިނަ ރަށްތަކެއްގައިވަނީ އިބަމަގެ ޓްރެއިނިން ކުރިއަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް