
ބިދޭސީއަކު ދިވެހި ލިބާހުގައި ރިސޯޓެއްގައި އޮތް އިވެންޓެއްގައި
އެމެރިކާއާ ކެނެޑާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަނީ
އަހުމަދު ހަސަން
13 ސެޕްޓެމްބަރ 2022 - 11:25:37
އުތުރު އެމެރިކާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީން މޯލްޑިވްސް ރޯޑް ޝޯ އިން ޔޫއެސްއޭ އެންޑް ކެނެޑާގެ ނަމުގައި ސިލްސިލާ ރޯޑް ޝޯއެއް ފަށައިފިއެވެ.
މި ސިލްސިލާގެ ފުރަތަމަ އިވެންޓް ބާއްވާފައިވަނީ އެމެރިކާގެ ލޮސް އެންޖަލެސްގައި ހޯމަ ދުވަހުއެވެ. އަދި ސިލްސިލާގެ ދެވަނަ އިވެންޓް މާދަމާ ނިއުޔޯކުގައި އޮންނާނެއެވެ. އަދި މި ފަހަރުގެ ފަހު އިވެންޓް އޮންނާނީ ބުރާސްފަތި ދުވަހު ކެނެޑާގެ ޓޮރެންޓޯގައެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ރޯޑްޝޯތަކަކީ އެމެރިކާ އަދި ކެނެޑާގެ ޓްރެވަލް ޓްރޭޑާ ގުޅުން ބަދަހިކޮށް ފަތުރުވެރިކަމުގެ އުޖާލާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމަށް ބާއްވާ އިވެންޓްތަކެކެވެ. މި ރޯޑްޝޯތަކުގައި ރާއްޖޭގެ ޓުވަރިޒަމް އިންޑަސްޓްރީގެ 11 ކުންފުންޏަކުން ބައިވެރިވެއެވެ.
އެމެރިކާގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެމެރިކާއިން ރާއްޖެއަށް ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން މިއަހަރު ޒިޔާރަތްކޮށްފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް