ads
ނޫސްވެރިކަމަށް ސަރުކާރުން އަތްގަދަކުރާނެ ޖާގައެއް މިއަދަކު ނެތް: ރައީސް
ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލް މިނިވަންކަމާއެކު ހަރަކާތްތެރިވާނެ ފުރުސަތު މިއަދު އެބައޮތް ކަމަށާއި ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަކުރާނެ ޖާގައެއް މިއަދަކު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށް ބޭއްވި ފުރަތަމަ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިކަން، އަންނަން އޮތް ޖީލަށް، އަމާނާތްތެރިކަމާއެކު، ރައްދު ކުރެވެންޖެހޭ ކަމަށާއި، ގިނަ ނޫސްވެރިން، އެކަމަށް ގަދައަޅައި ކުރައްވާ މަސައްކަތް، ފާހަގަކުރާ ކަމަށެވެ.

“ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލް މިނިވަންކަމާއެކު ޙަރަކާތްތެރިވާނެ ފުރުޞަތު މިއަދު އެބައޮތް. ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަކުރާނެ ޖާގައެއް މިއަދަކު ނެތް” ރައީސް ވިދާޅުވި އެވެ.

ނަމަވެސް ކުރަންޖެހޭ ކަންކަން އަދިވެސް ގިނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މާލީ ދަތިކަން ހުރިކަންވެސް ގަބޫލުކުރައްވާ ކަމަށެވެ. 

ބޭނުންވާ ހުނަރާއި، ޤާބިލްކަމާއި، ތަމްރީނު، ރާއްޖޭގެ ނޫސްވެރިންނަށް ލިއްބައިދިނުމަށް، އިހުނަށްވުރެ އިތުރަށް، މަސައްކަތް ކުރަންޖެހޭ ކަން ފާހަގަކުރައްވާ. މިކަމުގައި ސަރުކާރާއި ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލްގެ ދައުރު މުހިއްމު ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިކަމަށް ކުރިމަތިވާ ޤާނޫނީ ހުރަހެއްގެ ގޮތުގައި، ކުރިން އޮތް ޤާނޫނު މިހާރަކު ނެތްކަމަށާއި، އެމަނިކުފާނު ސަރުކާރާ ހަވާލުވެ، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި އޮތް، އެ ގާނޫނު އުވާލި ކަން ފާހަގަކުރެއްވި އެވެ.

އަދި މިދިޔަ ޖުލައި މަހު ތަސްދީގުކުރި، ހެތްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ)އަށް، ގެނެވުނު އިސްލާހާއިމެދު މީޑިއާގެ ކަންބޮޑުވުމެއް އޮތުމުން، އެ ޤާނޫނު އަލުން އިސްލާހު ކުރުމަށް، ނިންމައިގެން ހުރިކަމަށްވެސް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް