ads
ޝެންހާއީގެ ޕުޑޯންގް އެއާޕޯޓް
ޗައިނާގެ ޝެންހާއީ އެއަޕޯޓުތަކުން ކުރާ ހުރިހާ ދަތުރެއް ކެންސަލްކޮށްފި
މިއަހަރުގެ 12 ވަނަ ތޫފާން ކަމަށްވާ “މުއިފާ” ޝަންހާއީއަށް އަރަން ތައްޔާރުވަމުންދާތީ ބައެއް ރޭލާއި ފްލައިޓްގެ ހިދުމަތްތައް މެދުކަނޑާލައިފި އެވެ. މިއީ މިއީ މިއަހަރު ޗައިނާއަށް އަރާނެ އެންމެ ބާރުގަދަ ތޫފާން ކަމަށް ވަނީ ބެލެވިފައެވެ.
Advertisement

މި ތޫފާނަށް ތައްޔާރުވުމުގެ ގޮތުން، ޗައިނާގެ ޝަންހާއީގެ ޕުޑޮންގް އަދި ހޮންގްކިއާއޯ އެއާޕޯޓުން އަންގާރަ ދުވަހުގެ މެންދުރުގެ ނިޔަލަށް 500 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ.

ޕުޑޮންގް އެއާޕޯޓުގައި 350 އަށް ވުރެ ގިނަ އިންބައުންޑް އަދި އައުޓްބައުންޑް ފްލައިޓް ކެންސަލްކޮށްފައިވާއިރު، ހޮންކިއާއޯ އެއާޕޯޓުން 150 އަށް ވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް ކެންސަލް ކުރި ކަމަށް ދެ އެއާޕޯޓުގެ އޮޕަރޭޝަނަލް ޑޭޓާއިން ދައްކަ އެވެ. 

ޗައިނާ ސަދަން އެއާލައިންސް އިން ވަނީ މިދިޔަ އަންގާރަ ދުވަހު އެ ދެ އެއާޕޯޓުން ފުރާ 25 ފްލައިޓް ކެންސަލްކޮށް، އިއްޔެ އިތުރު 11 ފްލައިޓް ކެންސަލްކޮށްފަ އެވެ. އެ ކުންފުނިން ރާވާފައިވަނީ އިއްޔެ މެންދުރު 15:00 އިން މިއަދުގެ މެންދުރު 14:00 އާ ދެމެދު ހޮންކިއާއޯ އެއާޕޯޓުގައި ކުރާ ހުރިހާ ދަތުރުތަކެއް ކެންސަލް ކުރުމަށެވެ. 

ޕުޑޮންގް އެއާޕޯޓުގައި ޗައިނާ ސަދަންގެ ހުރިހާ ފްލައިޓެއް އިއްޔެ ހެނދުނު 10:00 އާއި މިއަދު މެންދުރު 14:00 އާއި ދެމެދު ފުރާ ފްލައިޓްތައް ވެސް ގްރައުންޑް ކުރާނެ އެވެ. 

ހޮންގްކިއާއޯ އެއާޕޯޓުގައި އިތުރު ޓިކެޓް ކައުންޓަރުތައް ހުޅުވައިގެން ފަސިންޖަރުންނަށް ޓިކެޓް ބަދަލުކުރުމަށް ނުވަތަ ފައިސާ އަނބުރާ ދެއްކުމަށް އެހީތެރިވެދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކައިރިވަމުން އަންނަ ތޫފާނަށް ތައްޔާރުވުމުގެ ގޮތުން ޕުޑޮންގް އަދި ހޮންގްކިއާއޯ އެއާޕޯޓުގައި މަތިންދާބޯޓުތައް ރައްކާތެރި ކުރުމުގެ މަސައްކަތްވެސް ވަނީ ފަށައިފަ އެވެ.

ޒެޖިއާންގް ޕްރޮވިންސްގެ ޒޯޝަން ސިޓީއަށް މި ތޫފާން އަރައިފައިވަނީ ރޭ 8:30 އެހާކަންހާއިރުއެވެ. ދައުލަތުގެ ހަބަރު އެޖެންސީ ޝިންހުއާ އިން ބުނީ، އޭޝިއާގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު އޮންނަ ސަރަހައްދެއް ކަމަށްވާ، ޝަންހާއީގެ ވަށައިގެންވާ އައްސޭރިފަށަށް ގަދަ ވަޔާއިއެކު، ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ.

ޗައިނާގެ ސެންޓްރަލް މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން މިހާރު ވަނީ ތޫފާނާއި ގުޅިގެން މިއަހަރުގެ ފުރަތަ އެންމެ މަތީ ދަރަޖައިގެ ތޫފާން އެލާޓް ނެރެފައެވެ. މި ތޫފާން އައްސޭރިފަށާއި ކައިރިވަމުންދާ ވަރަކަށް ތޫފާނުގެ ބާރު އިތުރުވާނެ ކަމަށް އެގަައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް