އިންޑިއާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު ކަރަންޖޯހަރުގެ, ކޮފީ ވިތް ކަރަންގެ ހަތްވަނަ ސީޒަން މިވަނީ ފެށިފައެވެ. 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ޓީވީޝޯގައި ގިނަބައެއްގެ ޒަވާޖީހަޔާތާ ގުޅޭގޮތުން ކަރަން ޖޯހަރު ގެންދަނީ ސުވާލުކޮށް ހަދަމުންނެވެ. ނަމަވެސް އައު ސީޒަންއާއެކު މިފަހަރު މި ސުވާލުތައް ކުރިމަތިވެފައިވަނީ ކަރަންޖޯހަރާއެވެ.
އާ ސީޒަންގައި އެންމެ ފުރަތަމަ މެހެމާނުންގެ ގޮތުގައި ފެނިގެން ދިޔައީ އަނިލް ކަޕޫރް އަދި ވަރުން ދަވަން އެވެ.
ކަރަންޖޯހަރުގެ ގާތް އެކުވެރިއެއް ކަމަށްވާ ވަރުން ދަވަން ވަނީ ކަރަންޖޯހަރާއި ސުވާލުތަކެއް އަމާޒުކޮށްފައެވެ. އެގޮތުން ކަރަން އެއްވެސް އިރެއްގައި މީހަކާއި ލޯބީގެ ގޮތުން ގުޅުނުތޯ އާއި އަދި އެއްވެސް މީހަކު އޭނާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން މަކަރު ހެދިތޯ ވެސް ވަނީ ސުވާލުކޮށްފައެވެ.
މި ސުވާލުތަކުގެ ޖަވާބަށް ކަރަން ޖޯހަރު ވަނީ އޭނާ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް އެއްބަސްވެފަ އެވެ. އަދި ކަރަން އަށް އޭނާގެ ލޯބިވެރިޔާ މަކަރު ހަދާ އޮޅުވާލާފައި ދިއުމުން އޭނާ ވަރަށް ބޮޑަށް މާޔޫސްވި ކަމަށް ބުނެފައެވެ. އަދި ވަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އަޅާލުމަށް ކަރަން ޖޯހަރު ވަނީ ޝުކުރު އަދާކޮށްފައެވެ.