
ރަންވީރު ކަޕޫރު ދާދިފަހުން ވަނީ "ޕޭޕާ މެގަޒިން" އަށް ބަރަހަނާކޮށް ހުރެ ފޮޓޯ ޝޫޓެއް ޖައްސާފައެވެ. މި ފޮޓޯ ޝޫޓުގެ ސަބަބުން ރަންވީރު ބަރަހަނާ ފޮޓޯ ނެގިކަމަށް ބުނެ އެ މައްސަލަ ބަޔަކު ވަނީ ޖައްސާފައެވެ. މައްސަލަ ޖެއްސި މީހުން ބުނެފައިވަނީ ރަންވީރުގެ ފޮޓޯތަކުގެ ސަބަބުން އަންނެހުންގެ އިހުސާސްތަކަށް އަސަރުކުރާކަމަށެވެ.
ރަންވީރުގެ ފޮޓޯ ޝޫޓާއެކު އޭނާގެ ޖިންސީ ގުނަވަން ހާމަވާ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ނަމަވެސް އެ މައްސަލައިގައި ރަންވީރު ބުނެފައިވަނީ އޭނާ ބަރަހަނާ ފޮޓޯތަކެއް ނެގި ނަމަވެސް އޭނާ ޖިންސީ ގުނަވަން ހާމަވާގޮތަށް އެއްވެސް ފޮޓޯއެއް ނަގާފައި ނުވާނެކަމަށެވެ. އަދި އޭނަ ފޮޓޯ ޝޫޓުގައި އަމަލުކޮށްފައިވާނީ ޕްރޮފެޝަނަލްކޮށް ކަމަށް ވެސް ރަންވީރު ވަނީ ބުނެފައެވެ.
ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނެ ރަންވީރަށް ފާޑުކިޔުން އަމާޒުވެފައިވާއިރު މަޝްހޫރު ބަތަލާ އާލިއާ ބަޓް ހިމެނޭ ކްރޫއަކާ ދެކޮޅަށް ބަޔަކު ވަނީ މުޒާހަރާއެއްކޮށް، އެ މީހުންނަށް ވެސް ފާޑު ކިޔާފަ އެވެ. ފާޑުކިޔުން އަމާޒުކޮށް މުޒަހާރާކޮށްފައިވަނީ އާލިއާ އާއި ރަންބީރު އަދި ބްރަހަމަސްޓްރާގެ ޑައިރެކްޓަރު އަޔާން މުކަރްޖީ އެ ފިލްމުގެ ޕްރޮމޯޝަނަށް ފަށްޅިއަކަށް ޒިޔާރަތް ކުރުމުން ފައްޅިއަކަށް ދިއުމުންނެވެ.