ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިނބުދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ރިނބުދޫ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދ. ރިނބުދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑަގެންފި އެވެ.

ރައީސް ސޯލިހް ރިނބުދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އެރަށުން ފުރާވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު މިއަދު ހެނދުނު ވަނީ ރިނބުދޫގެ ފުޓްސެލްދަނޑު ހުޅުއްވައިދެއްވާފަ އެވެ. 

ރިނބުދޫ ފުޓްސަލް ދަނޑަކީ ސްޕޯޓްސް މިނިސްޓްރީއާއި ރިނބުދޫ ކައުންސިލު ގުޅިގެން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދާފައިވާ ދަނޑެކެވެ. މި ދަނޑު ވަށައިގެން ކައުންސިލުން ވަނީ ޖޮގިން ޓްރެކެއްވެސް ހަދާފަ އެވެ.

ރައީސް ސޯލިހް ރިނބުދޫ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަ އެވެ. މިރަސްމިއްޔާތުގައި ރައީސް ވަނީ ތައުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތައުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުން ކަމުގައި ވިދާޅުވެފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގައި ގާއިމުކޮށްދައިވާ ސަގާފީ މަގު ހުޅުއްވައިދެއްވައި، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެމްޕޭން "މަރިޔަންމާ" އިފްތިތާހުކޮށްދެއްވާފަ އެވެ.

މީގެ އިތުރުން ރައީސް ވަނީ ރިނބުދޫ ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް