ads
އެސްޓީއޯގެ އެމްޑީ އަމްރު
އެސްޓީއޯގެ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށްފި
އެސްޓީއޯ ސްޓޭޕަލް ވެއަރހައުސްގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށްފިއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މިއީ އެ ކުންފުނީގެ ގްރީން އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރިނިވްބަލް އެނާޖީ އިން ކަރަންޓް އުފެއްދުމަށް ހިންގުނު ޕައިލޮޓް ޕްރޮޖެކްޓެކެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ކަޅުތުއްކަލާ ކޮށްޓާ އިންވެގެންހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި އިންސްޓޯލް ކޮށްފައިވާ ސޯލާ ފެނަލްތަކުން މި ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން މިތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއްވެސް ސޯލާ އެނާޖީއިން ބޭނުންކުރެވިގެންދާނެއެވެ.

ރިނިއުވަބަލް އެނަރޖީ މޯލްޑިވްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ނިންމާފައިވަނީ އިއްޔެއެވެ.  

އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނީގެ އެކި އެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓް އުފެއްދުމަށް ރިނިވްބަލް އެނަރޖީގެ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ވަނީ ރޭވިފައެވެ. އަދި މީގެ އިތުރުންވެސް ގްރީން އިނީޝިއޭޓިވް ދަށުން އެތައް ޕްރޮޖެކްޓްތަކެއް ހިންގުމަށް އެސްޓީއޯއިން އަންނަނީ ތައްޔާރުވަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން  ބުނި ގޮތުގައި އެސްޓީއޯގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކާބަން އެމިޝަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތުގެ މަތިން ކުންފުނީގެ މަސައްކަތްތައް ބަދަލުކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް