އެމައްސަލާގައި، އުމުރުން 40 އަހަރުގެ އެ އިންޑިއާ މީހާ ހައްުޔަރުކުރީ ރޭގެ ވަގުތެއްގައެވެ.
އިސްލާމީ މަރުކަޒު ގޯތިތެރެއަށާއި، މިސްކިތުތެރެއަށް ބޮޑުކަމު ގޮސްގެން މީގެކުރިން ދިވެއްސަކުވެސް ހައްޔަރުުކުރި އެވެ. އޭނާ ވަނީ އެހެން މިސްކިތްތަކަށް ވެސް ބޮޑުކަމުގޮސްފައެވެ.
ނަމަވެސް އޭނާ ހައްޔަރުކޮށް ދޫކޮށްލާފައިވަނީ އޭނާއަކީ ބުއްދި ހަމަނުޖެހޭ މީހެއްކަމަށް ބުނެއެވެ.
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް އިންޑިއާ މީހަކު ކުޑަަކަމުދިޔައިރު، އިސްލާމީ މަރުކަޒު ގޯތިތެރެއަކީ ބިދޭސީން އާއްމުކޮށް ތިބޭތަނެކެެވެ.
އެތަނުގަައި ޓިކްޓޮކް ކުޅުމާއި ކެއުންފަދަ ކަންކަން ކުރުމަށްވެސް ބައެއް ބިދޭސީން ތިބޭތަން ފެނެއެވެ. އެއީ މަނާކަމެެއްކަން އެމީހުންނަށް އަންގައިދިނުމަށް އިދާރާތަކުން މަސައްކަތްނުކުރާކަމުގެ ކަންބޮޑުވުންތައް މީގެ ކުރިންވެސް އާއްމުން ވަނީ ފާޅުކޮށްފައެވެ.