ހަބަރު /

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު އަހުމަދު
ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު އަދާކުރެއްވި މުހައްމަދު އަހުމަދު އަވަހާރަ ވެއްޖެ
މުހައްމަދު ރީހާން
18 ސެޕްޓެމްބަރ 2022 - 09:31:12
ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު އަދާކުރެއްވި މުހައްމަދު އަހުމަދު އަވަހާރަ ވެއްޖެ އެވެ.
މުހައްމަދު އަހުމަދު ނިޔާވެފައި ވަނީ އުމުރުފުޅުން 72 އަހަރުގަ އެވެ.
މުހައްމަދު އަހުމަދު ވަނީ ދިވެހި ދައުލަތަށް ގިނަ ދުވަސް ތަކެއް ވަންދެން ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ގިނަ ދުވަސްތަކެއް ހިދުމަތް ކޮށްދެއްވާފައި ވާއިރު، އިމިގްރޭޝަން ޑިޕާޓްމެންޓާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެވަވަޑައިގެން ހިދުމަތް ކުރައްވާފައިވެ އެވެ.
މުހައްމަދު އަހުމަދު އަވަހާރަ ވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ހާރިޖީ ދާއިރާއަށް މުހައްމަދު އަހުމަދު ކުރެއްވި ހިދުމަތްތައް ފާހަގަކުރައްވާ، އެބޭފުޅާގެ އާއިލާއަށް ހަމްދަރުދީ ފޮނުއްވާފަ އެވެ.
މުހައްމަދު އަހުމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދުގެ މެންދުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް