ads
މިނީ ބަސް
މާދަމާ އިން ފެށިގެން މިނީ ބަހުގެ ހިދުމަތުން އަގު ނަގަން ފަށަނީ
މާދަމާ އިން ފެށިގެން މިނީ ބަހުގެ ހިދުމަތުން އަގު ނަގަން ފެށިގެން ދާނެ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ދޭން ފެށި މިނީ ބަހުގެ ދަތުރުތައް ފުރަތަމަ ދެ ހަފްތާގައި ދީފައި ވަނީ، އެއްވެސް އަގެއް ނެތި އެވެ. އަޖުމަބެލުމަށް ކުރިއަށް ގެންދިޔަ ދެ ހަފްތާގެ ދަތުރުތަކަށް ފަހު މާދަމާ އިން ފެށިގެން ބަހުގެ ހިދުމަތުން އަގު ނަގަން ފަށާ އިރު، ދަތުރަކަށް ނެގުމަށް ހަމަޖެހިފައި ވަނީ، 7 ރުފިޔާ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވި އެމްޓީސީސީގެ އިސް އޮފިޝަލަކު ވިދާޅުވީ، މާދަމާ އިން ފެށިގެން ބަހުގެ ހިދުމަތުން އަގު ނަގަން ފަށާނެ ކަމަށާއި، އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. އަދި ބަހުގެ ހިދުމަތުން އަގު ނެގުމަށް ހަމަޖެހިފައިވަނީ، އާރްޓީއެލް އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. 

އަދި ކުރިއަށް އޮތް ތަނުގައި ބަހުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން، ބަހަށް އަރާއިރު، ކޭޝް ކާޑު ބޭނުން ކޮށްގެން ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ. 

ބަހުގެ ހިދުމަތުން އަގު ނަގަން މާދަމާ ފަށާއިރު، ޓިކެޓް ނަގާނެގޮތްތަކަށް މީހުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަމުން އަންނަ ކަމަށްވެސް އެމްޓީސީސީއިން ވަނީ ބުނެފަ އެވެ. 

އެމްޓީސީސީއިން ދެމުން އަންނަ ބަހުގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކުގެ އަދަދު އިތުރުވަމުން އަންނަ އިރު، މާލޭގެ އެކި ސަރަހައްދު ތަކުގައި، 40 އަށްވުރެ ގިނަ ބަސް ޓޮޕް ވަނީ ހެދިފަ އެވެ. ތިން ރޫޓަކުން ބަސް ދަތުރު ކުރާ އިރު، މާލޭގެ ކޮންމެ ސަރަހައްދަކުންވެސް 10 ވަރަކަށް މިނެޓު ތެރޭ ބަސް ހުއްޓިއަށް ދެވޭނެ އެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް