ޖަޕާނުން ވަނީ ހުޅަނގު ދެކުނު ޖަޒީރާ ކިޔޫޝޫގައި އޮންނަ ކަގޯޝިމާ ޕްރިފެކްޗައަށް ލެވެލް ފަހެއްގެ އެލާޓް އިއުލާންކޮށް ގާތްގަނޑަކަށް ދެ މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އެގައުމުގެ އޮފިޝަލުންނަށް އަންގާފައެވެ.
މައިކްރޯނީޝިއާގެ ސަގާފަތުގެ އާސާރީ ބިނާގެ ނަމުން ނަންދީފައިވާ “ނަންމަޑޯލް” ތޫފާން، ޖަޕާނުގެ ދެކުނު ޖަޒީރާތަކާއި 217 މޭލު ދުރުގައި އޮންނަ ކަނޑުގެ މައްޗަށް މަޑުމަޑުން ހުޅަނގު އުތުރަށް ދަނީ ދަތުރުކުރަމުން ނެވެ.
މިތޫފާނުގެ ބާރުމިނަކީ 910 ހެކްޓޯޕަސްކަލް އެވެ. އަދި ވައިގެ ބާރުމިނަކީ ގަޑިއަކު 123 މޭލެވެ.
ސަައުތު ކޮރިއާގެ ރައީސް ޔޫން ސުކް ޔިއޯލްވެސް ވަނީ އެގައުމަށް އެތޫފާން އަރާފާނެކަމަށް ދުރާލާތައްޔާރުވުމަށް އޮފިޝަލުން ނަށް އަންގަވާފައެވެ.