ads
ދިވެހިރާއްޖެއިން ހައްޖަށް ދިޔަ ބައެއް މީހުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޕެންޝަން ފައިސާ އިން ހައްޖަށް ދިއުމަށް 6561 މީހުން ޝަރުތު ހަމަވޭ
ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް ޝަރުތު ހަމަވާ 6561 މީހުން އެބަތިބި ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ. ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ 6561 މީހުން އެބަތިބި

ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް ޝަރުތު ހަމަވާ 6561 މީހުން އެބަތިބި ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަން އޮފީހުގެ އޮފިޝަލަކު މިއަދު ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް ޝަރުތު ހަމަވާ 6561 މީހުންނަކީ އިއްޔެގެ ނިޔަލަށް ޝަރުތު ހަމަވާ މީހުން ކަމަށާއި އެ އަދަދަށް ކޮންމެ ދުވަހަކު ވެސް ބައެއް ބަދަލުތައް އަންނަމުންދާނެ ކަމަށެވެ. 

ޕެންޝަނާ ބެހޭ ގާނޫނަށް މިސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ގެނައި ދެވަނަ އިސްލާހުގައިވާ ގޮތުން ޕެންޝަން ސްކީމްގެ ބައިވެރިއަކަށް ޕެންޝަން ފަންޑްގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަށް ކަނޑައަޅާ އަދަދުގެ 80 ޕަސެންޓަށް ވުރެ އިތުރު ނުވާ މިންވަރަަށެވެ. އެހެންކަމުން މިއަހަރުން ފެށިގެން ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުން 80 ޕަސެންޓް ސަރުކާރުން ދައްކައިދޭނެ އެވެ. ބާކީ 20 ޕަސަންޓް ދައްކަންޖެހޭނީ ހައްޖަށް ދާން ބޭނުންވާ މީހާ އެވެ. 

ޕެންޝަން އޮފީހުގެ އޮފިޝަލް ވިދާޅުވީ ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް ޝަރުތު ހަމަވާ މީހުންނަށް ޕެންޝަން ފަންޑްގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭނީ މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރެއިން އެ އޮފީހާ އެކު މިކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކުންފުނިތަކާ އެކު ކަމަށެވެ. އެގޮތުން މިހާތަނަށް ޕެންޝަން އޮފީހާ އެކު އެފަދަ އެއްބަސްވުމެއް ހަދާފައިވަނީ ހައްޖު ކޯޕަރޭޝަނުން ކަމަށްވެސް ވިދާޅުވި އެވެ. 

ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ ގުރޫޕް ހައްޖަށް ގޮސްފައިވަނީ މިދިޔަ އަހަރު އެވެ. އެގޮތުން 13 މީހުން މިސްކީމުގެ ފައިސާ ބޭނުންކޮށްގެން މިދިޔަ އަހަރު ހައްޖަށް ގޮސްފައިވެ އެވެ. 

ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދާން ބޭނުންވާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހައްޖަށް ދާން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާއިރު ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000 ރުފިޔާ ހުންނަންޖެހެ އެވެ. އެއީ ޕެންޝަން ލިބޭ އުމުރަށް ދިއުމުން މަހަކު 2،000 ރުފިޔާ ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެވެ. 

ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ގެންދިއުމާ ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ޕެންޝަން ފަންޑުން ފައިސާ ނެގުމަށްފަހު އެއްވެސް ސަބަބެއް މެދުވެރިވެގެން ހައްޖަށް ނުދެވޭ ހާލަތެއް ކުރިމަތިވެއްޖެނަމަ ފައިސާ ނެގި އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދުކުރަންޖެހެ އެވެ. 

ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ވައުދެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް