ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސިންގަޕޫރުގައި ކުރިޔަށްދާ ބިޒްނަސް ފޯރަމްގެ ތެރެއިން
ލ. އަތޮޅުގެ ބަންކަރިން މަޝްރޫއުއަށް އިންވެސްޓްކުރަން ހުޅުވާލައިފި
ލ. އަތޮޅުގައި ބަނދަރަކާއެކުގައި ބަންކަރިން މަޝްރޫއަށް އިންވެސްޓްކުރަން ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.
Advertisement

ލ އަތޮޅުގައި ބަންކަރިން ފަށަން ސަރުކާރުން އިއުލާންކޮށް މިކަމަށް އިންވެސްޓަރުން ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަފޫރަށް ކުރައްވާ ދަތުރުގައި އެ ގައުމުގައި މިހާރު ކުރިޔަށްދާ ބިޒަނަސް ފޯރަމްގައެވެ. މި ފޯރަމުގައި 200 އަށްވުރެގިނަ އިންވެސްޓަރުން ވަނީ ބައިވެރިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 

މި މަޝްރޫއުގެ ދަށުން ލ.އަތޮޅުގައި ބަންކަރިން ހިދުމަތް ދިނުމާއި ބަނދަރާ ގުޅޭ އިންފްރާސްޓްރަކްޗާ ގާއިމުކުރުުމާއި ސްޓޯރޭޖް ފެސިލިޓީ އަދި ސަޕޯޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުން ހިމެނެއެވެ. 

ލ.ގައި ބަންކަރިން ހިދުމަތް ދޭ މެރިޓައިމް ހަބް ހެދުމަށް، ޗައިނާ ކުންފުންޏަކާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމެެއްގައި މދިޔަ އަހަރުގެ އޭޕްރިލް މަހުގެ 12 ވަނަދުވަހު ވަނީ ސޮއިކޮށްފައެވެ. 

 

މިސަރުކާރުން ވަނީ އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާފައެވެ. އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިން ހިދުމަތުން މިހާތަނަށް އާމްދަނީގެ ގޮތުގައި 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ. 

މިދިޔަ އަހަރު ސެޕްޓެމްބަރުގައި ފެށި އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް