ads
ޓައިވާނަށް އައި ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތެއް
ބާރުގަދަ ބިންހެލުމަކާއި އެކު ޓައިވާނަށް ސުނާމީއެއްގެ އިންޒާރު ނެރެފި
ޓައިވާނަށް މިއަދު އައި ބިންހެލުމާއި ގުޅިގެން އެގައުމަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ދީފި އެވެ.

މިއަދު ހެނދުނު ރާއްޖެ ގަޑިން 06:45 ހާއިރު އައި ރެކްޓާ މިންގަނޑުން 6.9 ގެ ބާރުގަދަ މި ބިންހެލުމާއި ގުޅިގެން ސުނާމީ އަރާފާނެ ކަމަށް ލަފާ ކޮށްފައިވަނީ، ޓައިވާންގެ އިރުދެކުނުގެ ސަރަހައްދު ތަކަށެވެ. 

މިއާއި އެކު އެ ސަރަހައްދު ތަކުގައި އުޅޭ ފަރާތްތައް ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، އެގައުމުގެ އިދާރާތަކުން ވަނީ ހުރިހާ ފަރާތްތަކުންވެސް ސުނާމީ އަރަފާނެ ކަމަށް ލަފާކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. 

ޓައިވާންގެ ރަށްފުށު އަވަށެއް ކަމަށްވާ ޔުޖިންގް ޑިސްޓްރިކްޓަށް އައި މި ބިންހެލުމާ ގުޅިގެން ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ވަނީ އިރުމަތީ ޗައިނާ ކަނޑުގައި އޮންނަ މިޔަކޯއައިލެންޑަށްވެސް ސުނާމީގެ އިންޒާރު ނެރެފަ އެވެ.

މިއަދު އެގައުމަށް އައި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ވެފައި ވާއިރު، ބިން ހެލުމާއި ގުޅިގެން ވެއްުޓުނު އިމާރާތެއްގެ ދަށުގައި ދެ މީހަކު ވަނީ ތާށިވެފަ އެވެ. އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދާއިރު، އަދިވެސް އެ ދެ މީހުން ސަލާމަތް ކުރެވިފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 

އެގައުމަށް އިއްޔެވެސް ވަނީ 6.6 މެގްނެޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް