ads
ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެއްގައި ސްޓިކާ ޖަހަނީ--
25,000 ޕާކިން ސްޓިކާ ޕްރިންޓު ކޮށްދޭނެ ފަރާތެއް ހޯދަނީ
ފަންސަވީސް ހާސް ޕާކިން ވަޔަލޭޝަން ސްޓިކާ ޕްރިންޓު ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 25،000 ޕާކިން ވަޔަލޭޝަން ސްޓިކާ ޕްރިންޓު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ. 

އަދި މިކަމާއި ގުޅޭ މައުލޫމާތު ކަރުދާސް މިނިސްޓްރީން ގެޒެޓުގައިވާ އިއުލާނުގައި ހިމަނާފައި ވާނެ ކަމަށާއި، އަންދާސީ ހިސާބު ހުށަހަޅާއިރު، މައުލޫމާތު ފުރިހަމަ ނުވާނަމަ އެ ހުށަހެޅުން ބާތިލް ކުރާނެ ކަމަށެވެ. 

ސަރުކާރުން 25،000 ޕާކިން ސްޓިކާ ޕްރިންޓު ކުރަން އިއުލާން ކޮށްފައި މިވަނީ، މިނީ ބަހުގެ ހިދުމަތް ފެށުމާއި، އެކު މަޖީދީ މަގުގައި ޕާކު ނުކުރެވޭނެ ގޮތަށް ނިންމާ، ޕާކު ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. 

ޕާކިން ވަޔަލޭޝަންގެ ގޮތުގައި 250 ރުފިޔާ ނަގާއިރު، 25،000 ސްޓިކާ އަކީ، 6.2 މިލިއަން ރުފިޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް