
ޓްރެއިނިންގ ފެށުން - ފޮޓޯ: ހޯރަފުށީ ޑަބްލިޔު.ޑީ.ސީ
ހޯރަފުށީގައި ހޭންޑްބޯލް ޓްރެއިނިންގ ޕްރޮގްރާމެއް
އަހްމަދު ޙާމީ
18 ސެޕްޓެމްބަރ 2022 - 16:58:17
ހޯރަފުށީގައި ހޭންޑްބޯލް ޓްރެއިނިންގ ޕްރޮގްރާމެއް ފެށިގެން ކުރިއަށް އެބަގެންދެއެވެ.
ހޯރަފުށީ ކައުންސިލާ، ހޭންޑްބޯލް އެސޯސިއޭޝަނާ ގުޅިގެން މިހަރަކާތް ކުރިޔަށް ގެންދަނީ ހޯރަފުށީ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީންނެވެ.
އަންހެނުންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދެވޭ މި ޕްރޮގްރާމުގައި ޖުމްލަ 65 ބައިވެރިން ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމުގައި ހއ.އަތޮޅު މަދަރުސާގެ އަންހެން ދަރިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ.
މިމަހުގެ 12 ގައި ފެށި މިޕޮރޮގްރާމަކީ 10 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވޭ ޕްރޮގްރާމެއް ކަމުގައި ހޯރަފުށީ ޑަބްލިޔު.ޑީ.ސީގެ ރައީސް މަޢްލޫމާތު ދެއްވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް