ads
ރޯވި އިލެކްޓްރިކް ސޮކެޓް ބޯޑާއި، ކޭބަލްތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި
ގޭގައި ރޯވީ ސާކެޓު ބޯޑެއްގަައި ރޯވެގެން، އަލިފާންގަނޑު ނިއްވާލައިފި
ގ.ޒަމާނީ މަންޒިލްގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަވިސްއިން ނިއްވާލައިފި އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ މިއަދު 14:45 ހާއިރު އެވެ. އެކަމުގެ ރިޕޯޓް ލިބުމާއިއެކު އެމްއެންޑީއެފް ފަޔަމަނުން ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލެވުނީ މިއަދުގެ 15:13 ހާއިރު އެވެ. 

އެމްއެންޑީއެފްއިން ބުނީ، އެ އިމާރާތުގައި އަލިފާން ރޯވީ، އިމާރާތުގެ ހަތަރުވަނަ ފަންގިފިލާއިން ތިންވަނަ  ފަންގިފިލާއަށް ގުޅާފައިހުރި އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައިހުރި އިލެކްޓްރިކް ސަކެޓް ބޯޑެއްގައި ރޯވެގެން ކަމަށެެވެ.

your imageއިމާރާތައް ވެސް އެކިވަރުގެ ގެއްލުންވި

މިހާދިސާގައި އެ ކޭބަލްތަކާއި، އިލެކްޓްރިކް ސަކެޓް ބޯޑަށާއި އަދި އިމާރާތަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް